ވެރިކަން ބަދަލުކުރަން ނެރެންޖެހޭނީ ނަޝީދާއީ މައުމޫނު: ޑރ. ޝަހީދު

މި ވެރިކަން ބަދަލުކުރުމަށްޓަކައި  ނެރެންޖެހޭނީ ކުރީގެ ދެ ރައީސުން ކަމުގައިވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫނުކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ޚާއްސަ ރެޕަޓުއަރ ޑރ. އަހުމަދު ޝަހީދުވިދާޅުވެއްޖެއެވެ.ޑރ. ޝަހީދު މިހެން ވިދާޅުވީ  އެމަނިކުފާނު، އާދިއްތަ ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
މި ޓްވީޓާއި ގުޅިގެންރާއްޖެެމްވީއަށް ދެއްވި ފޯން އިންޓަވިއުއެއްގައި ޑރ. ޝަހީދު ވިދާޅުވީ މިހާރު މި އޮތް ސިޔާސީ މަޝްރަހަށް ބަލާއިރު، 2018 ގެ ރިޔާސީ އިންތިޚާބު ޔަގީން ކަމާއެކު ކާމިޔާބު ކުރެވޭނީ އޭރުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ދެބޭފުޅުންނަކީ މި ގައުމުގެ އެންމެ ގިނަ ބަޔަކު ތާއީދުކުރާ ދެބޭފުޅުންނަށް ވުމުން 80 އިންތައާއި ހަމައަށް އެބޭފުޅުންނަށް އިންތިޚާބުގައި ވޯޓް ލިބިވަޑައިގަންނަވާނެކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.
Verikan badhalukuran beynun nama neren jeheynee @MohamedNasheed aai @maumoonagayoom ge ihthihaadeh! Otherwise we are not serious abt change! https://t.co/ALwq0uslx1
"އަޅުގަނޑުމެން އެބަޖެހޭ އަމިއްލަ މަސްލަހަތު އެއްފަރާތްކޮށް ގައުމީ މަސްލަހަތު އިސްކުރަން. އެހެން ކަންކަން އެއްފަރާތްކޮށްފައި. މީ އެވަގުތު.އިސްލާހަށް މަސައްކަތްކުރައްވާ އެންމެ ބޭފުޅުންވެސް މިކަމަށް ވިސްނަވާނެކަމަށް ހީކުރަނީ" ޑރ. ޝަހީދު ވިދާޅުވިއެވެ.
ރައީސް މައުމޫނާއި ރައީސް ނަޝީދާއި ދެބޭފުޅުން އެކުގައި ނުކުންނަވަން ވީ ކީއްވެތޯ ދެއްނެވުމުން ޝަހީދު ވިދާޅުވީ، މިނިވަން އިންސާފުވެރި އިންތިޚާބެއް ލިބުމަކީ ފަސޭހަކަމެއް ކަމަށް ނުފެންނާތީ، ގައިމުވެސް ރައްޔިތުންގެ ތާއީދުއޮތް އެފަދަ ދެބޭފުޅުން ނުކުންނަވައިފިނަމަ އިންތިޚާބުގައި މަކަރު ހަދާ އޮޅުވާލުމަށްވެސް ޖާގަ ކުޑަވާނެ ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބު ކުރަންވެސް ފަސޭހަވާނެތީކަމަށެވެ.
ޑރ. ޝަހީދު މި ޓްވީޓް ކުރައްވާފައި ވަނީ އަންނަ 2018 ގެ އިންތިޚާބަށް އިންތިގާލީ ރައީސަކު ހޮވުމާއިމެދު އިދިކޮޅު ލީޑަރުންގެ މެދުގައި ބަހުސްތައް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. ޑރ. ޝަހީދު ވިދާޅުވިގޮތުގައި އެ ދެބޭފުޅުން އެކުގައި ނުނިކުންނަވާ ނަމަ އިންތިޚާބު ކާމިޔާބުކުރަން ފަސޭހަ ނުވާނެ ކަމަށެވެ. އެހެންނޫނީ ބަދަލަކާއި މެދު ދެކެވޭ ވާހަކައަކީ ސީރިއަސް ވާހަކައެއް ނޫންކަމަށް ވިދާޅުވިއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ