މެމްބަރު ފައިސަލް މާދަމާ ފުލުހަށް ހާޒިރު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.
ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް އަށް މާދަމާ މެންދުރު 1:15 އަށް ހާޒިރުވާން ފުލުހުންގެ އިދާރާއިން އަންގާފައިާއިރު, އޭނާ ފުލުހަށް ހާޒިރު ކުރަނީ މިދިޔަ މަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއަކަށް މީހުން ނިކުތުމަށް ގޮވައިލި މައްސަލާގައެވެ.
ފެބްރުއަރީ 16 ވަނަ ދުވަހުގެ ރޭ ބޭއްވި ބޮޑު އެއްވުމަށް މާލެއަށް މީހުން އައުމަށް ގޮވާލި މައްސަލާގައި ޕްރެސްކޮންފަރެންގައި ބައިވެރިވި އިދިކޮޅު އެހެން ޕާޓީތަކުގެ އޮފިޝަލުންވެސް ގެންދަނީ ފުލުހަށް ހާޒިރު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ