ކަރަންޓުގެ އަގުތައް ދަށްވުމާއެކު ޖޫން މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ތިން އިންސައްތައަށް ދަށްވެއްޖެ

ކަރަންޓުގެ އަގަށް އައި ހެޔޮ ބަދަލުތަކާއެކު މިއަހަރުގެ ޖުލައި މަހު ރާއްޖޭގެ ތަކެއްޗާއި ހިދުމަތުގެ އަގުތައް މަތިވި މިންވަރު ނުވަތަ އިންފްލޭޝަން ރޭޓް ތިން އިންސައްތައަށް މަޑު ޖެހިއްޖެއެވެ.މަރުކަޒީ ބޭންކުން ނެރެފައިވާ އިގްތިސާދީ ރިވިއުގެ އެންމެ ފަހުގެ އަދަދުގައި ބަޔާންކޮށްފައިވާ ގޮތުން މިއަހަރުގެ ޖުލައި މަހު ކާޑުގެ ބާވަތްތަކާއި މަހުގެ ބާވަތްތަކުގެ އިތުރުން ދުންފަތުގެ ބާވަތްތަކާއި ދިރިއުޅޭ ތަންތަނުގެ ކުލީގެ އަގު ވަނީ މަތިވެފައެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ކަރަންޓުގެ އަގު ދަށްވުމާއެކު އަހަރުން އަހަރަށް ބަލާއިރު އިންފްލޭޝަން ރޭޓް ތިން އިންސައްތައަށް މަޑު ޖެހިފައިވާ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.މީގެ އިތުރުން މަހުން މަހަށް ބަލާއިރު ވެސް ޖުލައި މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.1- އިންސައްތަ އަށް ދަށްވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ. މީގެ މައިގަނޑު ސަބަބަކީ މި މުއްދަތުގެ ތެރޭގައި ކަރަންޓާއި ކާބޯތަކެތީގެ އަގުތައް ދަށްވެފައިވުމުން ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.ހަމައެއާއެކު މަހުން މަހަށް ބަލާއިރު މިއަހަރުގެ ޖޫން މަހު ދުނިޔޭގެ ބާޒާރުގައި ވެސް ތަކެތީގެ އަގުތައް ތިން އިންސައްތަ ދަށްވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ. ނަމަވެސް އަހަރުން އަހަރަށް ބަލާއިރު ދުނިޠޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ވަނީ އެއް އިންސައްތަ އިތުރުވެފައެވެ.އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) ގެ ތަފާސްހިސާބުތަކަށް ރިއާޔަތްކޮށް މަރުކަޒީ ބޭންކުން ބުނީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ދަށްވި މައިގަނޑު ސަބަބަކީ ތެލުގެ ބާވަތްތަކާއި މައުދަނުތަކުގެ އަގުތައް ދަށްވުމުން ކަމަށެވެ. އެގޮތުން ޖޫން މަސް ނިމުނުއިރު ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 46.1 ޔޫއެސް ޑޮލަރުގައެވެ. މިއީ އަހަރުން ބަލާއިރު ތިން އިންސައްތަ އަދި އަހަރުން އަހަރަށް ބަލާއިރު އަށް އިންސައްތަ ދަށް އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ