ރައީސް މައުމޫނު މާފުށީ ޖަލަށް ބަދަލުކޮށްފި

ރިޝްވަތު ދިނުމާއި ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.
ރައީސް މައުމޫނުގެ ޤާނޫނީ ވަކީލު މައުމޫނު ހަމީދުވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ.Pres. @maumoonagayoom taken to Maafushi Prison tonight.Prisons & Parole Act says persons detained during investigation must be kept at a custodial jail. Maafushi Prison is not a custodial jail.In fact, in #Maldives there is no custodial jail established in accordance with law— Maumoon Hameed (@maanhameed) February 8, 2018ނަމަވެސް ރައީސް މައުމޫނު މާފުށީ ޖަލަށް ގެންގޮސްފައިވަނީ ޤާނޫނާއި ހިލާފަށް ކަމަށް މައުމޫނު ހަމީދު ވިދާޅުވިއެވެ.
މައުމޫނު ހަމީދު ވިދާޅުވީ ތަހުގީގު މަރުހަލާގައި ބަންދުކޮށް ބެހެއްޓޭނީ ކަސްޓޯޑިއަލް ޖަލެއްގައިކަމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބުނެފައިވާ ކަމުގައެވެ. ނަމަވެސް މާފުށީ ޖަލަކީ ކަސްޓީޑިއަލް ޖަލެއް ނޫންކަމަށް މައުމޫނު ހަމީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ