ރައީސް އަބްދުﷲ ޔާމީނާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެބޭފުޅުން މިހާރު ތިއްބެވީ ރަނގަޅަށް ވެސް މޮޔަވެފައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް އެހެން ވިދާޅުވީ ފަނޑިޔާރުންގެ ގާނޫނަށް ވެރިކަން ކުރާ ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހަޅުއްވާފައިވާ އިސްލާހަށް އިޝާރާތް ކުރައްވައެވެ.
ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނައި މަސީހު ތިއްބެވީ ރަނގަޅަށް މޮޔަފުޅުވެފައި ކަމަށް ފެންނަ ކަމަށެވެ. ގާސިމްވަނީ ގާނޫނަށް ގެންނަ އިސްލާހަކުން މިހާރު ރަހީނުކޮށްފައިވާ ދެ ފަނޑިޔާރުންނަށް އަދަބެއް ކަނޑަނޭޅޭނެ ކަމަށެވެ. އޭގެއިތުރުން ޖޭއެސްސީއާއި މަޖިލީހަށް ދީފައިވާ ބާރުތައް ގާނޫނަކަށް އިސްލާހު ގެނެސްގެން ކަނޑުވާލާނީ ކިހިނެއްތޯ ވެސް ގާސިމް ސުވާލު ކުރައްވާފައިވެއެވެ. Fandiyaarunge Qaanoonah mihaaru genna islaahakun mihaaru QA aa khilaafah raheenu kohfaivaa fandiyaarunnah Adhabeh Kandahar nelheyne . Adhi Qaanoonakah genna islaahakun JSC aa majulisah QA in dheefaivaabaaru kaduvaalaanee kihineh R Y aa Maseeh ehuree ragalhah moyavefaa kamah feney— Qasim Ibrahim (@qasimibrahim) March 7, 2018
ޖަރުމަނުވިލާތުގައި މިހާރު ހުންނެވި ގާސިމް ގެންދަވަނީ ރައީސް އަބްދުﷲ ޔާމީނަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ސަރުކާރު ވައްޓާލަން ސްޕްރީމް ކޯޓު މެދުވެރިކޮށް ގާސިމް ހުކުމެއް ނެރުއްވި ކަމަށް ޕީޕީއެމްގެ ބައެއް އިސް ފަރާތްތަކުން ތުހުމަތު ކުރާއިރު ކުއްލި ހާލަތު އިއުލާންކޮށް ސަރުކާރު ވައްޓަލަން އުޅުނު ކަމުގެ ތުހުމަތުގައި ގާސިމްގެ ދަރިފުޅު ސިޔާދު ގާސިމް ވަނީ ހައްޔަރުކޮށްފައެވެ.
ރައީސް ޔާމީނާއި މަސީހު އެ ތިއްބެވީ ރަނގަޅަށް މޮޔަވެފައި: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ