އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހަސަން ޝިޔާން ފުލުހުން ހައްޔަރުކޮށްފިއެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހައްޔަރުކޮށްފައި ވަނީ ހޮނިހިރު ދުވަހުގައެވެ. ޝިޔާން ހައްޔަރުކުރުމާއި ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
އެހެންނަމަވެސް އެމްޑީޕީން ބުނީ ޝިޔާން ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން އެމްޑީޕީ ގައުމީ މަޖިލީހުގެ ދެ މެމްބަރުން ކަމަށްވާ އިލްޔާސް ލަބީބާއި، ހަސަން މުހައްމަދު (ހަސަންޓޭ) އަދި ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިވާ އަބްދުﷲގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) ގެ އިތުރުން އަބްދުލް މާޖިދު (ލެކިއުޓް މާޖިދު) ވެސް ވަނީ ހައްޔަރުކޮށްފައެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އެމްޑީޕީ ގައުމީ މަޖިލީހުގެ މެމްބަރު ހަސަން ޝިޔާން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ