ރިޝްވަތުދިން ކަމަށް ބުނި މެމްބަރު ފާރިސްއާ އެއްކޮޅަށް ހެކިބަސް ދީފި

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންއާ ދެކޮޅަށް ހުށަހަޅާފައިވާ ރިޝްވަތު ދިނުމުގެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ސިއްރު ހެކި ފާރިސްއާ އެއްކޮޅަށް ހެކިބަސްދީފިއެވެ.
ފާރިސްގެ ވަކީލުން ވިދާޅުވި ގޮތުގައި ފާރިސްގެ ދައުވާ މުޅިން ބިނާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ދެއްވި ކަމަށް ތަހްގީގުގައި ވިދާޅުވި ވާހަކައަށް ކަމަށާއި ނަމަވެސް އެ މެމްބަރު ޝަރީއަތުގެ މަޖިލީހުގައި ﷲ ގަންދީ ހުވާކުރައްވާފައި ރިޝްވަތު ނުދެއްވާ ކަމަށް ވިދާޅުވުމުން، މައްސަލަ ދެން ކުރިއަށް ގެންދެވޭނެ ޖާގައެއް ނެތެވެ.
ޝަރީއަތް ކުރިއަށް ގެންދިއުމަށް ގާޒީ ވަނީ ނިންމަވައިފަ އެވެ. 
ފާރިސްއާ ދެކޮޅަށް ހުށަހެޅި ބައެއް ހެކި ވެސް ޝަރީއަތަށް ވަނީ ބަލައިނުގެންފަ އެވެ. ފާރިސްގެ ވަކީލު ވިދާޅުވި ގޮތުގައި ދައުލަތުން ފާރިސްއާ ދެކޮޅަށް އެހީގެ ގޮތުގައި ހުށަހެޅި އޭ4 ގަނޑެއް ޝަރީއަތަށް ބަލައި ނުގަތުމަށް ގާޒީ ވަނީ ނިންމަވައިފަ އެވެ. 
 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ