އެމްޑީޕީ ބަލިކުރުމަށް ޓަކައި ކޯލިޝަނެއް ހަދަންޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
"ގާސިމް އިބްރާހީމާ އެކު ދިވެހިރާއްޖޭގެ އަޑު" މި ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެމްޑީޕީ ބަލިކުރުމަށް މާބޮޑު ކޯލިޝަނެއް ހަދަން ނުޖެހޭ ކަމަށާއި ކޯލިޝަން ހެދުމުން ވަމުންދާ ގޮތް މިހާރު ފެންނަ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ އޮތީ ކޯލިޝަން ނެހެދުމަށް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން އަދާލަތު ޕާޓީއާ ކޯލިޝަން ހަދައިފާނެތޯ ދެންނެވުމުން ގާސިމް ވިދާޅުވީ އެއްވެސް ކަމަކީ ނުވާނެ ކަމެކޭ ވިދާޅުނުވެވޭނެ ކަމަށާއި ދެފަރާތް އެއްބަސްވާ ގޮތަކަށް ކޯލިޝަން ހެދުމަށް ޖުމްހޫރީ ޕާޓީ އޮތީ ތައްޔާރަށް ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ވަހީދުގެ "ގައުމާއިގެން ކުރިއަށް" ކޯލިޝަނުން އަދާލަތު ޕާޓީ ވަކިވާނެ ކަމެއް އަދި ނުވާނެކަމެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެކަމާބެހޭ ގޮތުން ތަފާތު އެކި ވާހަކަތައް ދެކެވެމުން އަންނަ ކަމަށެވެ.
މިރޭގެ ޕްރޮގްރާމްގައި ގާސިމް ވަނީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ގެންގުޅޭނެ ބައެއް ސިޔާސަތުތަކާ ބެހޭ ގޮތުން އާންމުން ކުރި ސުވާލުތަކަށް ޖަވާބުދެއްވައިފަ އެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު އޮތީ ދަތި ހާލަތުގައި ކަމަށާއި އެކަން ހައްލުކުރުމަށް އެ ޕާޓީގެ ވެރިކަމެއްގައި އިގްތިސޯދީ ގޮތުން ހަލުވި ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. އަދި އިގްތިސޯދު ރަނގަޅުވުމުން ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރައްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އެމްޑީޕީ ބަލިކުރަން ކޯލިޝަނެއް ހަދަން ޖެހޭ ކަމަށް ގަބޫލެއް ނުރުކުރަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ