ކުށްވެރިން ބެލެހެއްޓުމުގެ ނިޒާމަށް ބޮޑެތި ބަދަލުިތަކެއް ގެންނާނަން- އުމަރު

ކުށްވެރިން ބެލެހެއްޓުމުގެ ނިޒާމަށް ވަރަށް އަވަހަށް ބޮޑު ބަދަލުތަކެއް ގެންނަވާނެކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ޖަލު ބަލަހައްޓާ އޮފިޝަލުން ހުވާކުރުމަށް ރޭ މާފުށި ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖަލު ބަލަހައްޓާ ބައެއް އޮފިޝަލުން ހުވާކުރުމަށް ރޭ މާފުށި ޖަލުގައި އޮތް ރަސްމިއްޔާތުގައި ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ  ކުށްވެރިން ބައިތިއްބާ ޖަލުތަކަށް ވަރަށް ގިނަ ކުރިއެރުންތައް ބޭނުންވާކަމަށާއި، ކުރިއަށްއޮތްތަނުގައި އެނިޒާމް ހަރުދަނާކޮށް ކުރިއެރުވުމަށް ގިނަ ކަންތައްތަކެއް ކުރައްވާނެކަމަށެވެ.
އެގޮތުން ޖަލުތައް ހިންގުމުގެ ބުރަ ދައުލަތަށް ކުޑަވާގޮތަށް، އެނިޒާމްގެ ތެރެއިން ފައިސާ ހޯދައި ހިންގޭނެ ގޮތެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދައުލަތަށް އަމްދަނީ ލިބޭނެހެން، މަސައްކަތުގެ މާހައުލަށް ކުށްވެރިން އަހުލުވެރިކުރުމަށްޓަކައި، ކުށްވެރިންނަށް މަސައްކަތް ކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ހުކުމްތައް ތަންފީޒް ކުރަންޖެހޭ ބައެއް ކުށްވެރިންގެ ހުކުމްތައް ތަންފީޒް ނުކުރެވި އެބަތިބިކަމަށާއި، އޭގޭ ތެރޭގައި އަރުވާލުމުގެ ހުކުމް ތަންފީޒް ކުރަންޖެހޭ މީހުންނާއި، ޤައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ ކުށްވެރިން ހިމެނޭކަމަށެވެ. އެހުކުމްތައް ތަންފީޒް ނުކުރެވިފައިވަނީ ކުށްވެރިން އަރުވާލުމުން، ބައެއް ރަށްރަށުން އެކުށްވެރިންބަލަނުގަތުމާއި، ގޭބަންދަށް ދޫކުރާ ކުށްވެރިން ބެލެހެއްޓޭނެ އެކަށޭނަ ނިޒާމެއް ނެތުމާއި، ޖަލުން ފިލައިގެން އުޅޭ މީހުން ހޯދައި އަނބުރާ ޖަލަށް ގެނެވޭނެ ހަރުދަނާ ނިޒާމެއް ނެތުންކަމަށެވެ. ހުކުމްތަންފީޒް ކުރަމުންދާ 70 އެއްހާ ކުށްވެރިން އެކި ސަބަބުތަކާއިހެދި ދޫވެފައި އެބަތިބިކަމަށާއި،އެމީހުން އަނބުރާ ޖަލަށް ގެނައުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކުރެވުނު މަސައްކަތުގެ ދަށުން ދޫވެފައިތިބި ކުށްވެރިންގެ ތެރެއިންދެބައިކުޅަ އެއްބަޔަށްވުރެ ގިނަކުށްވެރިން އަނބުރާ ޖަލަށް ވައްދަފައިވާމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރ އުމަރު ވިދާޅުވީ ޕެރޯލްގެ ދަށުން ދޫކުރެވިފައިވާ ކުށްވެރިންނާއި،ގޭބަންދަށްދޫކުރެވިފައިވާ ކުށްވެރިންގެ ގައިގައި ޓެގް ހަރުކުރުމުގެ ޓެކްނޮލޮޖީ ތާރަފްކުރުމުގެ ކުރިން އެކަމަށް ބޭނުންވާ ދިރާސާއެއް ހެދުމަށް އެމަނިކުފާނާއިއެކު، ޖަލުގެ އޮފިޝަލުންތަކެއް ވަރަށް އަވަހަށް ސިންގަޕޫރަށް ދަތުރެއްކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ޖަލު ބެލެހެއްޓުމުގެ ޚިދުމަތްރިފޯމްކޮށް ޖަލުގެ ޚިދުމަތްތަށް ރަނގަޅުކުރުމުގެ މަސައްކަތުގެ ދަށުން ކޮންމެ ޖަލަކަށް ޖަލު ބަލައްހައްޓާ ވެރިއެއް އެއްމަސްދުވަސް ތެރޭގައި އައްޔަން ކުރާނެކަމަށް ވިދާޅުވިއެވެ.
އެއަށްފަހު ޖަލު ބަލަހައްޓާ ފަރާތްތަކުގެ ވެލްފެއަރރައްކާތެރިކަމާއި، ސިއްހަތާއި،އެފަރާތްތަކުގެ ކުރިއެރުމަށްދައުލަތަށް ކުޅަދާނަވިވަރަކުން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
 
ރޭގެ ރަސްމިއްޔާތުގައި ހުވާކުތި 342 އޮފިޝަލުންނަށް ހުވާ ލައިދެއްވީ ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަބްދުﷲ މުހައްމަދުއެވެ. އަދި ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަން އަހްމަދު ސިނާނަށާއި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަން މުޙައްމަދު އާސިފަށް މަސައްކަތުގެ އަގުވަޒަންކޮށް ހަނދަނީ ފިލާވަނީ ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ