ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ބޭނުންވާ ފަރުވާ ލަސްވެއްޖެނަމަ ފުރާނައަށް ނުރައްކާވެދާނެތީވެ، އިތުރު ފަރުވާ ދިނުމަށް ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުން ލަފާ ދީފިއެވެ.
ދައުލަތުން ގާސިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހުށަހެޅުމުގެ ދައުވާގެ ހުލާސާ ބަޔާން އިއްވުމަށް މިއަދު މެންދުރުފަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުން ކުރިއަށް ދަނިކޮށް އޭނާ ވަނީ އަނބުރައިގަނެގެން ކޯޓް ތެރެއަށް ވެއްޓިފައެވެ.
ގާސިމްގެ ސިއްހީ ހާލަތާ ގުޅޭގޮތުން އައިޖީއެމްއެޗްގެ ހިތުގެ ޑޮކްޓަރު އަލީ ޝަފީގު ދެއްވާފައިވާ ލިޔުމުގައި ބުނެފައިވަނީ، ގާސިމްއަށް ބޭނުންވާ ފަރުވާ އެ ހޮސްޕިޓަލުން ދެވެން ނެތް ކަމަށެވެ. އަދި ވީ އެންމެ އަވަހަކަށް ރާއްޖޭން ބޭރަށް ގެންގޮސް ފަރުވާ ހޯއްދެވުމަށް ލަފާ ދެއްވާފައި ވައެވެ.
އެ ލިޔުމުގައި ބުނެފައި ވާ ގޮތުން ފަރުވާދިނުން ލަސްކޮށްފިނަމަ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށެވެ.
އިތުރު ފަރުވާއަށް ގާސިމް ބޭރަށް ފޮނުވަން އައިޖީއެމްއެޗުން ލަފާދީފި.!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ