ހިތަދޫ ދެކުނު ދާއިރާގެ ރައްޔިތުން އެ ދާއިރާގެ ގޮނޑިއަށް އަލީ ނިޒާރު އިންތިޚާބުކުރީ މާރާމާރީ ހިންގުމަށާއި އަވަގުރާނަ ގޮވުމަކަށް ނޫނެވެ. އަދި އެހެން މެންބަރުންނާއި ޒާތީ ގޮތުން ޖައްސާލައި ހަމަނުޖެހުން އުފެއްދުމަކަށް ވެސް ނޫނެވެ.
އެހެން ނަމަވެސް މިއަދު މަޖިލީހުގައި ނިޒާރު އުޅުއްވި ގޮތުން އެބޭފުޅާ އަށް މަޖިލިސް މެންބަރު ކަމުގެ މަސްޢޫލިއްޔަތު ވެސް އޮޅިވަޑައިގެންފައިވާކަމަށް ޤަބޫލުކުރަން ޖެހެއެވެ.
އެންމެ ފަހަރަކު އެއް ނޫނެވެ. އެތައް ފަހަރަކު މަޖިލިސް މެންބަރުންގެ ގަޔަށް އަތްލައި ނިޒާރު ވަނީ މާރާމާރީ ހިންގާފައެވެ. އެގޮތުން ކެލާ ދާއިރާގެ މެންބަރު އަލީ އާރިފްގެ ކަރުގައި ވިކައިގަތް މަންޒަރުގެ ވީޑިއޯ ވެސް ވަނީ އާއްމުވެފައެވެ. އެއާއި އެކު ވެސް ނިޒާރު މަސައްކަތް ކުރެއްވީ، އެވާހަކަ ދޮގުކޮށް ރައްޔިތުންނަށް އޮޅުވާލެއްވުމަށެވެ.
ނަމަވެސް ނިޒާރުގެ އަވަގުރާނައިގެ ފަތިވަރެއް އިވިގެން ދިޔަ ވީޑިއޯ އެއް އަނެއްކާ ވެސް އާއްމުވެ، ނިޒާރުގެ ހަގީގީ ފެންވަރު ގިނަ ބަޔަކަށް މިވަނީ އެނގިގެން ގޮސްފައެވެ.
ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ އަކީ ތައުލީމް ޙާސިލް ނުކުރައްވާ ހުރި ބޭފުޅެއް ކަމަށް ވިދާޅުވެ ނިޒާރު “އެޅާ” “މިޅާ” ގޮވަމުން ދެއްކެވި ވާހަކަތަކާއި އެކު ހިތަދޫ ދެކުނު ދާއިރާގެ އިތުރުން މުޅި އައްޑޫގެ ރައްޔިތުން ވެސް ލަދުގަންނުވާލައިފިއެވެ.
ނިޒާރު އާއި އެއް ފެންވަރަށް ތައުލީމު އުނގެނިފައި ނެތަސް ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ ދެއްކެވީ، ދުރޫސުލް އަޚްލާޤުގެ ރިވެތި ނަމޫނާއެކެވެ.
ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ ނިޒާރުގެ ވާހަކަތަކަށް ސަމާލުކަން ނުދެއްވުމުން، އެންމެ ފަހުން އެވާހަކަތައް ހުއްޓަވާ ލެއްވީއެވެ. އެހެން ނަމަވެސް އޭރު ރައްޔިތުންނަށް ނިޒާރުގެ ހަގީގީ ސޫރަ ފެނިގެން ހިނގައްޖެއެވެ.
ނިޒާރުގެ އަވަގުރާނަ އާއި ލަދުހަޔާތް ކުޑަ ޢަމަލުތައް: އައްޑޫ ރައްޔިތުން ވެސް ލަދު ގަންނުވާލައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ