ފުވައްމުލަކާއި ގުޅޭގޮތުން މެމްބަރު ޝާހުގެ ކަންބޮޑުވުންތައް ބަންޑުން ކޮށްލައްވައިފި

ފުވައްމުލަކަށް ކޮށްދިނުމަށް ސަރުކާރުން ވައުދުވުމަށް ފަހު ނުކޮށްދެވި ހުރި ކަންތައްތަކެއް ފާހަގަ ކުރައްވައި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހުގެ ޝަކުވާތައް ބަންޑުން ކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ މައި އޮފީހުގައި އާދީއްތަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޝާހު ވިދާޅުވީ ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް ކަންބޮޑުވުންތަކަށް ހައްލެއް ނާންނަ ކަމަށެވެ.
ޝާހުވަނީ ރަށްގިރުމާއި،ސްކޫލްތަކުގެ މައްސަލައާއި،މަގުހެދުމާއި،ކުޅިވަރުކުޅޭ ތަންތަންނެތުމާއި،ހޮސްޕިޓަލުގެ ފެންވަރު ދަށްވުމާއި،ރަށުގައި ތިބެ ޒުވާނުންނަށް އާމްދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުސަތު ނެތުން ފާހަގަކުރައްވާފައެވެ.
"ފުވައްމުލަކަކީ ސިޓީއަކަށްވާއިރު ނޭޝަނަލް ޔުނިވާސިޓީގެ ގޮތްޕެއް ނެެތޭއިނގޭތޯ، މިހާލަތުގައި ފުވައްމުލަކު ރައްޔިތުން ދިރިއުޅެމުންދާއިރު ފުވައްމުލަކު ރައްޔިތުން ކައިރީގައި އަނެއްކާވެސް ގޮސް އިތުރު ވައުދުތަކެއް އިތުރު ވާހަކަތަކެއް އިތުރު ހުވަފެންތަކެއް ދެއްކުމުގެ ބަދަލުގައި ތިބޭފުޅުން ވެ ވަޑައިގެންނަވާފައިވާ ވައުދުތައް ފުއްދަވާ ދެއްވާށޭ އަޅުގަނޑުމެން ދަންނަވާލަން ބޭނުންވަނީ" ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅަށް އިޝާރާތްކުރައްވައި ޝާހު ވިދާޅުވިއެވެ.
ޝާހުވަނީ ކުރީގެ ސަރުކާރުތަކުން ފަށާފައިވާ މަޝްރޫއުތަކާއި މި ސަރުކާރުގެ ވެރިކަމުގެ ކުރީކޮޅު ފެށި މަޝްރޫއުތައްވެސް ކުރިޔަށް ނުދާކަމަށް ވިދާޅުވެފައެވެ. 
"ކުރީގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހު ޖަމާލުގެ ދައުރުގައި ފުވައްމުލަކުގައި ތިން ސްޕޯޓްސް އެރީނާގެ ބިންގާ އެޅިގެންދިޔަ އަދިި އެ ތިން ސްޕޯޓްސް އެރީނާގައިވާ ފުޓްސަލް ދަނަޑުތަކުގެ މަސައްކަތް ކުރިޔަށް ގެންގޮސް ނިމުނު އެ ފަހުން އަދި އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ކުޅިވަރު ދަނޑުތަކުގެ އެއްވެސް އިތުރު މަސައްކަތްތަކެއް އިތުރު އެއްވެސް މަޝްރޫއެއް އެކަށީގެންވާ މިންވަރެއްގައި ކުރިޔަށް ނުދާތަން އޭރު ހަވާލުކުރެވުނު ދެ ދަނޑުގެ މަސައްކަތް ވެސް އަދި އެ އުޅެނީ ނުނިމި"
މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މެމްބަރުންގެ ތެރޭގައި ހިމެނޭ ޝާހު ވިދާޅުވިއެވެ.
 
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ