މޫސުން ގޯސް، ކަނޑުދަތުރު ކުރުމުގައި ސަމާލުވޭ!

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މި ދުވަސްވަރަކީ ރާއްޖެ އަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެމްއެންޑީއެފުން މިކަމަށް އިލްތިމާސްކޮށްފައިވާއިރު ރާއްޖެ ހިމެނޭ ސަރަޙައްދުގައި އުފެދިފައިވާ ޓްރަފްގެ ސަބަބުން ކުރިއަށް އޮތް 48 ގަޑިއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއެކު، ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ހއ.އަތޮޅުން ފެށިގެން އއ. އަތޮޅާ ދެމެދުގެ ސަރަޙައްދަށް އާންމުވައި ގަދަވެ، ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަަމަށް ވެސް ބުނެފައިވެއެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުން، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، ފެންބޮޑުވެދާނެ ކަމަށް ލަފާކުރެވޭތީވެ، އާންމުކޮށް ފެންބޮޑުވާ ރަށްތަކުގައި ދިރިއުޅޭ ފަރާތްތަކުން ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ