ސިވިލްކޯޓުގެ ގާޒީ އަލީ އަބުދުﷲ އާއި ގއ. ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް އިހުސާންގެ މައްސަލައެއް ބަލަނީ

ސިވިލްކޯޓުގެ ގާޒީ އަލީ އަބުދުﷲ އާއި ގއ. ޖުޑީޝަލް ދާއިރާ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި މެޖިސްޓްރޭޓް އިބްރާހިމް އިހުސާންގެ ސުލޫކީ މައްސަލައެއް ބަލަން ނިންމާފައިވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.
ޖޭއެސްސީން ބުނީ އެ ދެބޭފުޅުންގެ މައްސަލަ ބެލުމަށް އިއްޔެ ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
އޭގެ ތެރެއިން ގާޒީ އަލީ އަބުދުﷲގެ މައްސަލައަކީ، ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލްކޯޓަށް ހުށަހެޅި މައްސަލައެއްގައި ވަގުތީ އަމުރާ މެދު ގޮތެއް ނުނިންމަވައި، އެކަށީގެން ނުވާ މިންވަރަށް ސިވިލްކޯޓުގެ ގާޒީ އަލީ އަބުދުﷲ މައްސަލަ ލަސްކޮށްފައިވާ ކަމަށް ބުނާ މައްސައެކެވެ.
ދެން އޮތް މައްސަލައަކީ، ގއ.ވިލިނގިލި މެޖިސްޓްރޭޓްކޯޓަށް ހުށަހެޅި މައްސަލައެއްގައި، ގއ.ޖުޑީޝަލް ދާއިރާ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި މެޖިސްޓްރޭޓް އިބްރާހިމް އިހުސާން، ޝަރީއަތް ކުރިއަށް ގެންދިއުމުގައި ގާނޫނާ ހިލާފަށް އަމަލު ކުރެއްވިކަމަށް ބުނާ މައްސަލައެއް ކަމަށް ޖޭއެސްސީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ