ކޯވިޑްގައި މަރުވާ ލަންކާ މުސްލިމުންގެހަށިތައް ރާއްޖޭގައި ވަޅުލައިދިނުން ވެގެން ދާނީ އެޤައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާގޮތަށްކުރެވޭތާއީދަކަށް ކަމަށް ރައީސް މައުމޫނު ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. ކޯވިޑް ގެ ސަބަބުން މަރުވާ ސްރީލަންކާމުސްލިމުންގެހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން ކޮށްދޭންޖެހޭނެކަމެއްނޫންކަމަށް ވެސް ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19 ގައި މަރުވާ ލަންކާގެ ރައްޔިތުން ވަޅުލުމަށް މާލެ ގެނައުމަށް ރައީސް މައުމޫނު ދެކޮޅުކަން ވަނީ ހާމަކުރައްވައިފިއެވެ. ރައީސް މައުމޫން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ދީނަކަށް ނުވަތަ ނަސްލަކަށް ނުބަލައި، ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ މެހެމާނުންނަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި އެ މެހެމާނުން ރާއްޖޭގައި އަމާންކަމާއި ހިތްހަމަޖެހުމާއެކު ތިބުމަށް އެދިވަޑައިގަންނަވާކަމަށެވެ. ނަމަވެސް ކޯވިޑް ބަލީގައި މަރުވާ ބިދޭސީން ރާއްޖެ ގެނެސް ޖަނާޒާބާއްވާ ވަޅުލުމަކީ ތާއީދު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. ރައީސް މައުމޫނު މިކަމާ ދެކޮޅަށް ވާހަކަ ދައްވާތީ ބައެއް ފަރާތްތަކުން ދަނީ އެމަނިކުފާނަށް ފާޑު ކިޔަމުންނެވެ.
އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ދީނީ ވާޖިބެއްކަމަށެވެ.
ކޯވިޑްގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ޖަނާޒާ ބާއްވައި ވަޅުލުމަށް ސަރުކާރުން މަޝްވަރާތައް ފަށާފައިވާ އިރު، މިކަމާމެދު ރާއްޖެއާއި އަދި ލަންކާގައިވެސް ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. މިކަމުގައި ރާއްޖެއިން އެހީތެރިކަން ދޭންޖެހޭނެކަމަށް ބައެއް މީހުން ބުނަމުން ދާއިރު އަނެއް ބަޔަކު ބުނަނީ މިކަމަކީ އަނެއްކާވެސް ނުރައްކަލަކަށް ރާއްޖެ ހުށަހެޅުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމެއްކަމަށެވެ.
އަދި ލަންކާގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކަމަށް އެދި ހުށަހެޅީވެސް ދިވެހި ސަރުކާރުންނެވެ. ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެކަމުގައި އެހީތެރިކަމަށް އެދުނީ ލަންކާ ސަރުކާރުންކަމަށެވެ.
ކޯވިޑްގައި މަރުވާ ލަންކާ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ އެގައުމުގެ ސަރުކާރުން މުސްލިމުންނާމެދު އަމަލުކުރަމުންދާ ގޮތަށްކުރެވޭ ތާއީދެއް: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ