ހަންޏާމީދޫގައި ބަގީއެއް ފުރޮޅާލައި ކުޑަކުއްޖަކު މަރުވެއްޖެ
އދ. ހަންޏާމީދޫގައި ބަގީއެއް ފުރޮޅާލައި ހިނގި ހާދިސާއެއްގައި ކުޑަކުއްޖަކު މަރުވެއްޖެއެވެ. ހަންޏާމީދޫގެ ކައުންސިލަރު އާމިނަތު ރަމްޒާ 'ސަން'އަށް މިއަދު ވިދާޅުވީ، ހަންޏާމީދޫގައި ބަގީއެއް ފުރޮޅާލައި ކުޑަކުއްޖަކު މަރުވީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް ހާދިސާއާ ގުޅޭ އިތުރު ތަފުސީލު އޭނާ ނުދެއްވިއެވެ. މި ހާދިސާގައި މަރުވީ, އދ ހަންޏާމީދު / ޑެއިޒީވިލާ އަލީ އަނަސް ބިން މުޙައްމަދު އަރީޝްއެވެ. އެއީ 18 އަހަރު ނުފުރޭ ކުއްޖެކެވެ. ކައުންސިލުން ތަފްސީލު ނުދޭތީ ސީދާ އުމުރާއި އެ ހާދިސާ ހިނގަން މެދުވެރިވީ ކީއްވެކަމެއް އަދި ޔަގީނެއް ނުވެއެވެ. އިއްޔެ މަރުވި ކުއްޖާގެ މައްޗަށް ކަށުނަމާދުކޮށް، ރޭގެ ވަގުތެއްގައި ވަނީ ވަޅުލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ