އައިފޯން 10 އަކީ ދާރަ ނެތް ފޯނަކަށް ހެދުމަށް ޑިޒައިނަރުން ބުރަ މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެ ވަރުން ވެސް އެއީ މުޅިން ދާރަ ނެތް ފޯނެއް ނޫނެވެ. އެކަމަކު ދާރަ ވަރަށް ހަނި ފޯނެކެވެ.
ދާރަ ނެތް ސްމާޓްފޯނުތަކެއް އުފެއްދުމަށްޓަކައި ކުންފުނިތަކުން ކުރި މަސައްކަތްތައް މިހާރު އެބަ ފެނެ އެވެ. އެކަމަކު އައިފޯން 10 އަށް ވެފައި އެހެރަ ގޮތަކުން، ޑިސްޕްލޭގައި ބައެއް މަދީބާއޭ ހިތަށް އަރަ އެވެ. އެއީ ހަމަ އެޕަލްއިން ޑިޒައިންކުރި ގޮތްބާއޭ ވެސް ހިތަށް އަރަ އެވެ.
އައިފޯން 10 ޑިސްޕްލޭގައި ޑިސްޕްލޭ ނުވާ ބައެއް
އައިފޯން 10 ފުރަތަމަ ފެނުނު ދުވަހު، އެ ނޫން ގޮތަކަށް ޑިޒައިންނުކުރީ ކީއްވެބާއޭ ހިތަށް އެރި އެވެ. އޭގައި ކޮންމެވެސް މޮޅެއް އޮތީ ކަމަށް ވިސްނައި، އެ ވާހަކަ ފަހަށް ބޭއްވީ އެވެ.
އައިފޯން ޑިސްޕްލޭގައި މަތިން އެ ފެންނަ ހުސް ބައިގައި، މުހިންމު ސެންސަރުތަކެއް ވަނީ ވަޅުލާފަ އެވެ. އޭގެ ތެރޭގައި "ޑޮޓް ޕްރޮޖެކްޓާ"، އިންފްރާރެޑް ކެމެރާ"، "ފްރޮންޓް ކެމެރާ"، "ފްލަޑް އިލޫމިނޭޓާ"، "މައިކްރޮފޯން"، "ޕްރޮކްސިމިޓީ ސެންސާ"، "ސްޕީކާ" އަދި "އޭމްބިއެންޓް ލައިޓް ސެންސާ" ހިމެނެ އެވެ. މި ހުރިހާ ޓެކްނޮލޮޖީއަކަށް އެ ތަން އަދިވެސް ކުޑަ އެވެ.
އެޕަލް އަކީ އުފެއްދުންތަކުގެ ޑިޒައިނަށް ވަރަށް ސަމާލުވާ ކުންފުންޏެކެވެ. ޑިޒައިންތައް އަބަދުވެސް ޒަމާނަށް ފައްތައި، މީހުންގެ ހިތްތަކާ ކުޅެލާ ކުންފުންޏެވެ. ނަމަވެސް އައިފޯން 10ގެ މޫނުމަތީގައި ބޮޑު ލަކުނެއްހެން ކަޅު ތަންގަނޑެއް އިނުމުން، އެ ޑިޒައިން އެޕަލް އަށް ނިސްބަތަކުރަން އުނދަގުލެވެ.
އައިފޯން 10ގެ ޑިސްޕްލޭގައި، ޑިސްޕްލޭ އަށް ނުވާ ބައެއް އިނުމުން، ބޭނުންކުރާ މީހުން ދެކޭ ގޮތް ހޯދުމަށް އިންޓަނެޓް ފޯރަމްތަކުގައި މައުލޫމާތު އެބަ އެއްކުރެ އެވެ. ގިނަ މީހުން ބުނަނީ ކަމުނުދާ ކަމަށެވެ. އެއީ ކަމެއް ކަމަށް ނުހަދާ މީހުން ވެސް އުޅެ އެވެ. ވަރަށް ފައްކާ ކަމަށް ބެސް ބައެއް މީހުން ބުނެ އެވެ.
އައިފޯން 10ގެ ޑިސްޕްލޭގައި ޑިސްޕްލޭ ނުވާ ބައެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ