ދިވެހި ގައުމަށް މިވަގުތު އެންމެ ރަގަޅު ގޮތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު އެމަނިކުފާނު މަސައްކަތް ކުރެއްވުން ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މ. ކުނޫޒްގައި ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްވަމުން ރައީސް މައުމޫން ވިދާޅުވީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު މަސައްކަތް ކުރައްވަނީ ކީއްވެގެންތޯ އެތަށް ބަޔަކު ސުވާލު ކުރަމުންދާ ކަމަށާއި ކުރިން އެ ދެ ބޭފުޅުންނަކީ ކުރިން ސިޔާސީ ދެ ހަތުރުން ކަމަށް ވިޔަސް، މިހާރު ފަށައިގެން ކުރަމުންދާ މަސައްކަތަކީ މިއީ ގައުމީ މަސައްކަތެއް ކަމަށެވެ.
" އަޅުގަނޑުގެ ފަރާތުންވެސް މުހައްމަދު ނަޝީދަށް އެންމެ އެކަށޭނަ ނޫން ގޮތަކަށް ކަންތައްތައް ކުރެވިފަ އޮވެދާނެ. އެމަނިކުފާނަށްވެސް އަޅުގަނޑާއި ބެހޭ ގޮތުން ކަންތައްތަކެއް ކުރެއްވިފަ އޮވެދާނެ. އެކަމަކު އެކަންތައްތަކަކީ މާޒީވެގެން ގޮސްފައިވާ ކަންކަން. އަޅުގަނޑުމެން މިހާރު ބަލަންވީ ޒާތީ ކުރިއެރުމަކަށް ނޫން. ފަރުދީ ކުރިއެރުމަކަށް ނޫން. އަޅުގަނޑުމެން ބަލަންވީ އަޅުގަނޑުމެންގެ ގައުމަށް،" ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ގުޅިގެން މިކުރާ މަސައްކަތައް ލިބޭ ކާމިޔާބީ އަކީ އެއްވެސް ހާލެއްގައި ރައީސް ނަޝީދާއި ރައީސް މައުމޫނަށް ލިބޭ ކާމިޔާބީއެއް ނޫން ކަމަށާއި މުޅި ގައުމަށް ލިބޭ ކާމިޔާބީއެއް ކަމަށެވެ.
"ވަރަށް އިހްލާސްތެރި ހިތްވަރު ގަދަ ބޭފުޅެއް. ޖަލުގެ ކުޑަ ގޮޅީގައި އޮންނެވި ނަމަވެސް އަޒުމަކަށް ބަދަލެއް ނާންނަ ކަމަށް މިރޭ ވެސް އެނގިގެން ދިޔަ،" ގާސިމަށް ތައުރީފު ކުރައްވާ ކީރިތި ކުރައްވަމުން ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫނުވަނީ އިމްރާނަކީވެސް ވަރަށް ހިތްވަރުގަދަ ބޭފުޅެއް ކަމަށް ވިދާޅުވެ ތައުރީފު ކުރައްވާފައެވެ.
ޤައުމަށް ރަނގަޅު ގޮތަކީ ރައީސް ނަޝީދާއި އަޅުގަނޑު އެކުގައި މަަސައްކަތް ކުރުން : މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ