މާލޭގެ ބައެއް ހިސާބުތަކުން މިއަދު ކަރަންޓު ކެނޑޭނެ
ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު މެންދުރު ފަހު 14:00 އާއި 15:30 އާއި ދެމެދު ކަރަންޓު ކެނޑިދާނެ ކަމަށް މާލޭ ސަރަހައްދުގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއިން ހާމަކޮށްފިއެވެ.ސްޓެލްކޯ އިން ބުނީ އެ ކުންފުނިން މަސައްކަތެއް ކުރަން ޖެހޭތީ މިއަދު މެންދުރު 2:00 އިން 3:30 އާ ދެމެދު ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ. ކަރަންޓު ކެނޑުން އެކަށީގެންވަނީ ހެންވޭރުން ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.އެގޮތުން ހެންވޭރުގެ މަޖީދީމަގާއި، ކާސިންޖީމަގު، މުސްތަރީމަގާއި ދިއްލީމަގުގެ އިތުރުން ރަތްވިލާމަގުން އެވަގުތު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފަ އެވެ.އަދި މިގަޑިތައް މިހެން ބަޔާންކޮށްފައިވީނަމަވެސް މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށާއި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަކަށް މައާފަށް އެދޭ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ