16 އަހަރުން ދަށުގެ ފައިނަލަށް ޣާޒީ ސްކޫލް އާއި ދ. އަތޮޅު ތައުލީމީ މަރުކަޒު
އެފްއޭއެމް އިން ރާއްޖޭގެ ހުރިހާ ސްކޫލް ތަކަކަށް ހުޅުވާލެވިގެން ބާއްވާ އިންޓާ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އުމުރުފުރާގެ ފައިނަލަށް ހުޅުމާލޭ ޣާޒީ ސުކޫލް އާއި ދ. އަތޮޅު ތައުލީމީ މަރުކަޒު ދަތުރުކޮށްފި އެވެ. ޖުމްލަ އަށް ޓީމް ދެ ގުރޫޕް އަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މުބާރާތުގެ ގުރޫޕް ސްޓޭޖް މެޗުތަކަށް ފަހު ދެވަނަ ބުރަށް ދަތުރުކުރީ ވިލިގިލީ މުޚްޔިއްދީން ސުކޫލް އާއި ޣާޒީ ސުކޫލްގެ އިތުރުން ދ. އަތޮޅު ތައުލީމީ މަރުކަޒެވެ. 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ދ. އަތޮޅު ތައުލީމީ މަރުކަޒާއި ޣާޒީ ސުކޫލް ކުޅުނު މެޗުގެ ތެރެއިން --- ސަން ފޮޓޯ: މުއާވިއަތު އަންވަރު ދެވަނަ ބުރުގެ ކުޅުން އިއްޔެ ނިމުނު އިރު ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމް ފައިނަލަށް ދަތުރު ކުރި އިރު ތިން ޓީމަށް ވެސް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ނަމަވެސް ޣާޒީ ސުކޫލް އާއި ދ. އަތޮޅު ތައުލީމީ މަރުކަޒަށް ފައިނަލްގެ ޖާގެ އެއް ލިބުނީ ގޯލުގެ ތަފާތުން އެއް ވަނަ ދ. އަތޮޅު ތައުލީމީ މަރަކަޒަށް އަދި ދެވަނަ ޣާޒީ ސުކޫލް އަށް ލިބިގެންނެވެ. 16 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ދ. އަތޮޅު ތައުލީމީ މަރުކަޒާއި ޣާޒީ ސުކޫލް ކުޅުނު މެޗުގެ ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ސަން ފޮޓޯ: މުއާވިއަތު އަންވަރު މި ދެ ޓީމް ދެވަނަ ބުރުގެ ފަހު މެޗުގައި އިއްޔެ ވާދަކުރި އިރު އެ މެޗު ދ. އަތޮޅު ތައުލީމީ މަރުޒަކުން ކާމިޔާބު ކުރީ ޣާޒީ ސުކޫލް އިން ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރާ ފަސް ގޯލު ކާމިޔާބުކޮށް 5-3ގެ ނަތީޖާ އަކުންނެވެ. ޣާޒީ ސްކޫލް އާއި ދ. އަތޮޅު ތައުލީމީ މަރުކަޒު ބައްދަލުކުރާ ފައިނަލް މެޗު ކުޅެވޭނީ އަނަން ހޮނިހިރު ދުވަހު 4:00 ޖަހާ އިރު ގައުމީ ފުޓްބޯޅަ ދަނޑަގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ