އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ނ. ޅޮހީ ސްކޫލް އަދި ރ. ކިނޮޅަހު ސްކޫލުގައި ކުރިއަށްގެންދިޔަ ކްލާސްރޫމް ޕްރޮޖެކްޓް ނިމުން ފާހަގަކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
އޮންލައިންކޮށް މިއަދު ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީގެ އިތުރުން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
12 މިލިއަން ރުފިޔާގެ މި ކްލާސްރޫމް ޕްރޮޖެކްޓްގެ ދަށުން ކޮންމެ ސްކޫލެއްގައި ވެސް 5 ކްލާސްރޫމް އަދި ފާހާނާ ބްލޮކެއް އިމާރާތް ކޮށްފައިވެއެވެ.
މިނިސްޓްރީން މަޢުލޫމާތު ދެއްވާ ގޮތުގައި އަލަށް އިމާރާތް ކުރި އިމާރާތްތަކުގެ ސަބަބުން ސްކޫލްތަކުގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލު ކުރުމަށް މަގުފަހި ވެގެންދާނެއެވެ. އަދި ސްކޫލްތަކުގެ ކޯ ކަރިކިއުލަރ އެކްޓިވިޓީސްތައް އެންމެ އެކަށީގެންވާ ގޮތަށް ކުރިޔަށް ގެންދިޔުމަށް ފަސޭހަވާނެ ކަމަށާއި، މި ކްލާސް ރޫމްތައް ފަރުމާ ކުރެވިފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ވެސް ފަސޭހަކަމާއިއެކު ބޭނުން ކުރެވޭނެ ގޮތަށްކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިއީ 2019 ވަނަ އަހަރުތެރޭ ފެށި 2 ޕްރޮޖެކްޓެވެ.
އިންޑިއާ ސަރުކާރުން އިމާރާތް ކޮށްދިން 2 ސްކޫލް އިމާރާތެއްގެ މަސައްކަތް ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ