ކަރަންޓް މީޓަރުން ރީޑިން ނެގުމަށްފަހު ވަގުތުން މިހާރު ބިލް އަތައް ދޭނެ

ކަރަންޓް މީޓަރުން ރީޑިން ނެގުމަށްފަހު ކަރަންޓް ބިލް ފަހުން ފޮނުވުމުގެ ބަދަލުގައި ވަގުތުން ކަރަންޓްބިލް އަތައް ދޭ ހިދުމަތް ފެނަކައިން ރަސްމީކޮށް ފަށައިފި އެވެ.
މި ހިދުމަތް ފެށުމާއެކު މިހާރު ގޭގޭގައި ބެހެއްޓިފައި ހުންނަ މީޓަރުން ރިޑިންގ ނެގުމާއިއެކު ޚިދުމަތް ހޯދާފަރާތުން އެމަހެއްގައި ދައްކަންޖެހޭ ފައިސާގެ ތަފްޞީލު ވަގުތުން ލިބޭނެ އެވެ. އަދި ބިލުގައި މައްސަލައެއް ވާނަމަވެސް ލަސްނުކޮށް އެ މައްސަލައެއް ފެނަކައިގެ މުވައްޒަފުންނާއި ޙިއްޞާކުރެވި ޚިދުމަތް ދިނުމުގައި ލުއިތަކެއް ވެގެންދާނެއެވެ.
ފެނަކައިން ބުނި ގޮތުގައި މި ހިދުމަތުގެ އެންމެ ބޮޑު އެއްބޭނުމަކީ ޔުޓިލިޓީ ބިލުތަކުގައި ދިމާވާ މައްސަލަތައް މުވައްޒަފުންނަށް ދެނެގަނެވި، ޚިދުމަތް ލިބިގަންނަ ރައްޔިތުމީހާއަށް އަވަސް ޙައްލެއް ހޯދައިދިނުން ކަމަށެވެ.
ފެނަކައިން ވަގުތުން ބިލް ލިބޭ ހިދުމަތް ތައާރަފުކުރުމަށް މިއަދު ބޭއްވި ރަސްމިޔާތުގެ ތެރެއިން
ޚިދުމަތުގެ ބިލު ވަގުތުން ލިބުމާއިއެކު "ފެނަކަ ބިލް ޕޭ " އެޕްލިކޭޝަން މެދުވރިކޮށް ވަގުތުން ފައިސާ ދެއްކޭނެ ކަމަށްވެސް ފެނަކައިން މައުލޫމާތުދެ އެވެ.
ރައްޔިތުންނަށް ވަގުތުން ކަރަންޓް ބިލް ހަވާލުކުރުމުގެ ޙިދުމަތާއިއެކު ލިބިގެންދާނެ ފައިދާތައް
• މީޓަރުން ނެގޭ ރީޑިންގ އާއި ޙިދުމަތް ހޯދާ ފަރާރުން އެމަހެއްގައި ދައްކަންޖެހޭ ފައިސާގެ ތަފްސީލް ވަގުތުން ލިބުމާއިއެކު ބިލްގައި މައްސަލައެއް ފާހަގަވާނަމަ ބިލް ތައްޔާރު ކުރި މުވައްޒަފުންނަށް ލަސްނުކޮށް މައްސަލަ ހިއްސާ ކުރެވޭނެ މަގު ފަހިވެގެން ދިއުން.
• ޙިދުމަތް ހޯދުމަށްފަހު ނެގޭ ރީޑިންގއަށް ސިސްޓަމްއިން ތައްޔާރު ކުރެވޭ ބިލް ރައްޔިތުމީހާއަށް ލިބުމާއިއެކު، ޙިދުމަތް ހޯދާ ފަރާރުން ފެނަކައަށް ދައްކަންޖެހޭ ބިލްތަކުގެ ފައިސާ "ފެނަކަ ބިލް-ޕޭ" އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެން ދިއުން.
• ރީޑީންގ ޑިވައިސް މެދުވެރިކޮށް ތައްޔާރު ކުރެވޭ ބިލްތަކަކީ ތާރމަލް ރޯލް އަށް ޕްރިންޓް ކުރެވޭ ބިލްތަކަކަށް ވާތީ، ބިލް ޕްރިންޓް ކުރުމަށް ފެނަކައިން ކުރިން ކުރަމުން އައި ޙަރަދު ކުޑަވެގެން ދިއުން.
• މަސައްކަތުގެ މައިދާނުގައި ޒަމާނީ ޓެކްނޮލޮޖީއާއިއެކު ޒަމާނީ ވަސީލަތްތަކެއް ބޭނުން ކުރަން ފެށުމުގެ ސަބަބުން، މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ފަސޭހަ ކަމަކާއި ފުރިހަމަ ކަމެއް ގެނެސްދީ މަސައްކަތްތައް ނިންމުމަށް ހޭދަވާ ވަގުތު ސަލާމަތް ވެގެން ދިއުން.
ފެނައިން އިތުރަށް ބުނެފައިވަނީ މި އެޕްލިކޭޝަން ތަޢާރަފްވެގެން ދިއުމުން ލިބޭ އެންމެބޮޑު އެހެން ހިތްހަމަޖެހުމަކީ ރީޑިންގ ޑިވައިސް މެދުވެރިކޮށް ތައްޔާރުކުރެވޭ ބިލުތަކަކީ، ތާރމަލް ރޯލަށް ޕްރިންޓް ކުރެވޭ ބިލުތަކަކަށްވުމުން، މީގެ ކުރިން ބިލު ޕްރިންޓް ކުރުމަށް ފެނަކައިން ކުރަމުން އައި ޚަރަދު އެތަށްގުނައެއް ކުޑަވެގެންދިނުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ