މޫނު ބުރުގާއާ ދެކޮޅަށް ދިވެހި ސަރުކާރުތަކުން ވާހަކަތައް ދައްކަނީ ހުޅަނގުގެ ގައުމުތައް ރުއްސަން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މޫނު ބުރުގާ އާއި ގުޅިގެން ސަރުކާރުން ފިޔަވަޅުތަކެއް އަޅައި އެ މައްސަލަ ހޫނުވެފައި ވަނިކޮށް އުމަރު ނަސީރު ވިދާޅުވީ "މޫނުބުރުގާއަޅައިގެން ސްކޫލް ތަކުގައި ކިޔަވާދިނުމާ ދެކޮޅަށް މި ސަރުކާރާއި ކުރީ ސަރުކާރުން ދައްކަނީ ދެކޮޅު ނުޖެއްސޭ ބަހަނާ ތަކެއް" ކަމަށެވެ.
ފޭސްބުކް މެދުވެރިކޮށް އުމަރު ވިދާޅުވީ މޫނު ބުރުގާއާ ދެކޮޅަށް ވާހަކަ ދައްކަނީ ހުޅަނގުގެ ގައުމުތަށް ރުއްސަން ކަމަށައި ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި މޫނު ބުރުގާ މަނާ ކުރުމަކީ ކުރެވިގެންވާނޭ ކަމެއް ނޫން ކަމަށެވެ.
"މާސްކްއަޅައިގެން ކިޔަވައިދިނުމާ، މޫނުބުރުގާ އަޅައިގެން ކިޔަވައިދިނުމާ ހުރީ ކޮންތަފާތެއްތޯ އެވެ؟ ދުނިޔޭގެ އެންމެން ކަހަލަގޮތަކަށް ފޭސް މާސްކް އަޅައިގެން އުޅޭތާ ދެ އަހަރުވެފައިވާއިރު، ދުނިޔޭގެ އެއްވެސް ގައުމަކުން، މޫނުބުރުގާ އާއި ދެކޮޅަށް ދެން ދައްކަންއޮތީ ކޮން ހުއްޖަތެއްތޯ އެވެ؟" ދީނީ ކަންކަމުގައި އަބަދުވެސް ވަރުގަދައަށް ވަކާލާތު ކުރައްވާ އުމަރު ވިދާޅުވި އެވެ.
މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ ޓީޗަރުންނަށް އެ ފުރުސަތު ފަހިކޮށްދީފައި ވަނީ ކިޔަވައިދޭ ވަގުތު ދަރިވަރުންނަށް މޫނު ފެންނާނެހެން ތިބެން ލާޒިމު ކުރުމަށް ފަހު ކަމަށްވާތީ އެކަމާ ވަނީ ބޮޑު ބަހުސެއް އުފެދިފަ އެވެ.
މޫނު ބުރުގާ މަނާ ކުރަނީ ހުޅަނގު ރުއްސަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ