ޓްރީ ޓޮޕްގެ ޚިތާނީ ކޭމްޕްގައި ރަޖިސްޓްރީވާން ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލުން މި މަހު ފަށާ ޚިތާނީ ކޭމްޕްގައި ރަޖިސްޓްރީ ވާން ހުޅުވާލައިފިއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިތާނީ ކޭމްޕްގައި ފަސް ޑޮކްޓަރުން މިއަހަރު ހަރަކާތްތެރިވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މިއަހަރު ހަރަކާތްތެރިވާ ޑޮކްޓަރުންގެ ތެރޭގައި އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުން، ޑރ. ރިޝީ ކަންތް އަރްޔަލް، ޑރ. އައިޝަތު އަޒްނާ، ޑރ. މުހައްމަދު ޝަރީފް، ޑރ. މައުމޫން އާސިމް، އަދި ޑރ. ޢަބްދުﷲ އުބައިދުގެ އިތުރުން، ކުޑަކަމުދާ ނިޒާމްގެ ޚާއްސަ، ޑރ. މެހްމެތު އޮޑޯރް ހިމެނެއެވެ. ދުއިސައްތައަށް ވުރެ ގިނަ ކުދިންގެ ޖާގައާއެކު ފަށާ މި ކޭމްޕް، އެހެން އަހަރުތަކާ ޚިލާފަށް އެއް މަސް ދުވަހަށް ދެމިގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އެގޮތުން ހިތާނީ ކޭޕްމް ކުރިއަށް ދާނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 16 ވަނަ ދުވަހުގެ ނިޔަލަށެވެ. ޚިތާނީ ކޭމްޕް ޕެކޭޖްގެ އަގަކީ، އާސަންދައަށް ކެނޑުމަށް ފަހު 4,000 ރުފިޔާއެވެ. ނަމަވެސް ބާއްވާ ކޮޓަރި އަޕްގްރޭޑް ކުރުމަށް ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ޓްރީ ޓޮޕުން އެކުލަވާލާފައިވެއެވެ. މި ކޭމްޕުގައި ބައިވެރިވެވޭނީ އެކަމަށް ހާއްސަ ފޯމެއް ފުރުމުންނެވެ. އެކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެ ހޮސްޕިޓަލުން ކަނޑައަޅާފައިވާ ނަންބަރަކީ 3351650 އެވެ. ހަމައެއާއެކު އިތުރު މައުލޫމާތު ހޯދުމަށް ޓަކައި [email protected] އަށް އީމެއިލް ކުރުމުން ވެސް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ