ވަގަށް ޑޮލަރު ވިއްކާ ބިދޭސީއަކު ފައިސާ ޖަމާކުރަން ހުއްޓާ ހައްޔަރުކޮށްފި

ކަޅު ބާޒާރުގައި ޑޮލަރުގެ ވަގު ވިޔަފާރިގައި އުޅެމުންދާ ކަމުގެ ތުހުމަތު ކުރެވޭ ބިދޭސީއަކު ފައިސާ ޖަމާ ކުރަނިކޮށް ހައްޔަރުކޮށްފިއެވެ.އެމްޑީ މަނިކް މިއާ ނަމަކަށް ކިޔާ ބަންގްލާދޭޝްގެ މި މިހާ ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ބަންދަށް 10 ދުވަސް ވަނީ ދީފަ އެވެ.އުމުރުން 28 އަހަރުގެ މި މީހާގެ މައްޗަށް ކޮށްފައި ވަނީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ތުހުމަތެވެ.ފުލުހުން ކޯޓުގައި ބުނީ މަނިކް މިއާ އަކީ ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އައުމަށް ފަހު 2020 ވަނަ އަހަރު، އޭނާގެ ސްޕޮންސަރަށް ފިލައިގެން އުޅޭ މީހެއް ކަމަށާއި އެކަން ފުލުހުންނަށް ކުރިން ހުށަހަޅާފައިވާ ކަމަށެވެ. ސްޕޮންސަރު ނުވަތަ ވަޒީފާ ހަމަޖައްސައިދިން ފަރާތުން ވަނީ މި މީހާ ރާއްޖޭން ފޮނުވާލަދޭން އެދިފައި ކަމަށް ފުލުހުން ބުންޏެވެ.ޑޮލަރުގެ ވަގު ވިޔަފާރި ކުރުމުގެ ކަންކަން ފުޅާވަމުންދާ ކަމަށް ތަހުގީގީ އިދާރާތަކުން ވެސް ފާހަގަ ކުރެއެވެ.ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ކުރުމާއި، ސައްހަ ނޫން ލިޔެކިޔުން ބޭނުން ކޮށްގެން ރާއްޖޭން ބޭރަށް ފައިސާ ފޮނުވާ މައްސަލައެއްގައި ދާދި ފަހަކުން ވެސް ހަތަރު ބިދޭސީއަކު ޑީޕޯޓް ކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ