ސިޔާދު ގާސިމް ހައްޔަރު ކުރުމަކީ ސިޔާސީ ބަދަލުހިފުމެއް: ނަޝީދު

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމް ހައްޔަރުކޮގެން އުޅެނީ ގާނޫނާއި ހިލާފަށް ކަމަށްވާތީ ސިޔާދު މިނިވަންކޮށް ދޫކޮށްލެއްވުމަށް އަނެއްކާވެސް ރައީސް ނަޝީދު ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދު މިކަމަށް ގޮވާލެއްވީ އިބްުރާހިމް ސިޔާދު ގާސިމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރާއި ގުޅިގެން އިނގިރޭސި ބަހުން ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް ނަޝީދުގެ ޓުވީޓުގައި ވިދާޅުވީ އިބުރާހިމް ސިޔާދު ގާސިމް ހައްޔަރުކޮށްފައި ވަނީ ގާނޫނާއި ޚިލާފަށް ކަމަށާއި، އޭނާ ވެވަޑަިއގެންފައި ވަނީ ރައީސް ޔާމީނުގެ ސިޔާސީ ބަދަލު ހިއްޕެވުމުގެ ޝިކާރައަކަށް ކަމަށެވެ. އަދި ވަގުތުން ސިޔާދު މިނިވަން ކުރުމަށްވެސް ރައީސް ނަޝީދު ގޮވާލައްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ