ނައިފަރު ދާއިރާގެ މެންބަރު ޝިޔާމްގެ ޝުކުރު މަންޑޭއަށް!

ކޯވިޑް-19 އާއި ގުޅިގެން ނައިފަރު ދާއިރާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޭޕާކް ރެސިޑެންސް އަދި ހަމްބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މަމްދޫހު ވެދެއްވި އެހީތެރިކަމަށް އެ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމު ޝުކުރު އަދާކުރައްވައިފިއެވެ.
ޒުވާން ވިޔަފާރިވެރިޔާ ޙަސަން މަމްދޫހު (މަންޑޭ)އަށް އެޑްރެސް ކުރައްވާ ޝިޔާމު ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް19އާއި ގުޅިގެން މެންބަރު ތަމްސީލުކުރައްވާ ނައިފަރު ދާއިރާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މެންބަރަށް ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މަންޑޭ ވަނީ އެ ދާއިރާއަށް 500 މާސްކާއި، 200 އަންގީގެ އިތުރުން 15 ލީޓަރުގެ ސެނިޓައިޒަރ ހަދިޔާކޮށްފައެވެ.
ކޯވިޑް19 އާއި ގުޅިގެން ރައްޔިތުންނަށް އެހީވުމަށް މަންޑޭ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝިޔާމު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ނައިފަރު ދާއިރޭގެ އިތުރުން ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްތަކަށް މަންޑޭގެ ފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މީގެ ކުރިން މަންޑޭ އެހީވެފައިވާ ރަށްތަކުގެ ތެރޭގައި، ކުޅުދުއްފުށީ ސިޓީ އާއި މާލެ އަތޮޅުން ގާފަރާއި ތުލުސްދޫ އާއި ހިންމަފުއްޓާއި ކާށިދޫ އާއި ހުރަ އާއި ގުޅި އާއި ގުރައިދޫ އާއި މާފުއްޓާއި ދިއްފުށީގެ އިތުރުން ގދ. މަޑަވެއްޔާއި ބ. މާޅޮހާއި ނ. މާފަރާއި ނ. މަނަދޫ އާއި ޅ. ކުރެންދޫ އާއި ތ. ކަނޑޫދޫ އާއި ފ. ބިލަތްދޫ އާއި ގދ. ނަޑައްލާ އާއި ލ. ކުނަހަންދޫ އާއި ފ. މަގޫދޫ އާއި އެ އަތޮަޅު ފީއައްޔާއި ށ. ނަރުދޫ ހިމެނެއެވެ.
މީގެ އިތުރުން، އައްޑޫ ސިޓީގެ ރަށްރަށާއި ހއ. ހދ. އާއި ށ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ގއ، ގދ. ބައެއް ރަށްރަށާއި ސަރުކާރުގެ ބައެއް އިދާރާތަކާއި ދައުލަތުގެ ބައެއް މުއައްސަސާތަކާއި ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗާއި އެންއީއޯސީގެ އިތުރުން ގައުމީ ދިފާއީ ބާރަށް ވެސް މާސްކާއި ސެނިޓައިޒާ އާއި އެހެނިހެން ސާމާނާއި އާލާތް ވަނީ ހާދިޔާ ކޮށްފަ އެވެ.
މި ރަށްތަކުގެ އިތުރުން މަންޑޭ އެހީވެފައިވަނީ ، ގދ.ހޯޑެއްދޫއާއި، ގދ.މަޑަވެލި، ގދ ނަޑެއްލާއާއި، ލ އަތޮޅުގެ 7 ރަށަށާއި، ވ.ކެޔޮދޫއާއި، ތ.ވިލުފުށީގެ އިތުރުން ނ.މާފަރަށެވެ. ލ.އަތޮޅުން މާސްކް އަދި އަންގި ހަވާލުކޮށްފައިވަނީ ގަން، ފޮނަދޫ، މާމެންދޫ، މާވަށް، ހިތަދޫ، މާބައިދޫގެ އިތުރުން ދަނބިދޫއަށެވެ. މީގެ އިތުރުން ލ.އަތޮޅުގައި ޚަރަކާތްތެރިވާ ޖަމިއްޔާއެއް ކަމުގައިވާ "ވިޒިޓް ލާމު އެޓޯލް" އަށްވެސް ވަނީ އެހީތެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ