ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލި ކަމުގެ ކުށުގައި ކްރިމިނަލް ކޯޓުން މެރުމަށް ހުކުމްކޮށް ހައިކޯޓުން އެ ހުކުމަށް ތާއިދުކުރި ހުސައިން ހުމާމްގެ މަރުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ހުށަހެޅުމުގެ ފުރަތަަމަ އަޑުއެހެން މާދަމާއަށް ބާއްވަން ނިންމައިފިއެވެ.
ހުމާމުގެ މަރުގެ ހުކުމް ސުޕްްރީމް ކޯޓުގައި ޕީޖީއިން އިލްތިމާސް ކުރިއިރު، ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުށް ސާބިތުވެ ހުމާމަށް މަރުގެ ހުކުމް ކްރިމިނަލް ކޯޓުން އިއްވީ 2014 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ކްރިމިނަލް ކޯޓުގެ މި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއިދުކޮށް ހުމާމް މަރަން ހުކުމް ކޮށްފަ އެވެ.
ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރީ، ހައިކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އޮންނަ މުއްދަތުގައި ހުމާމްގެ ފަރާތުން އެ މައްސަލަ ހުށަހަޅާފައިނުވާތީ އެވެ. ޕީޖީއިން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ހުމާމުގެ މަރުގެ ހުކުމް ކަށަވަރުކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ އުނގޫފާރު ދާއިރާގެ މެންބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ ވަރަށް ރަހުމު ކުޑަ ގޮތަކަށް 2012 އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި އަފްރާޝީމް ދިރިއުޅުއްވާ ގޭގެ ސިޑީގެ ކައިރިންނެވެ.
ހުމާމްގެ ޝަރީއަތް މާދަމާ ސުޕްރީމް ކޯޓްގައި ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ