ހުކުރު ދުވަހާއި ހުކުރުދުވަހުގެރޭ މާލޭގައި ހިނގާދިޔަ ނުރައްކާތެރި ދެ މާރާމާރީއެއްގައި ދެ ކުއްޖަކު މަރުވުމާއި ގުޅިގެން ހޯމް މިނިސްޓަރު އުމަރު ނަސީރު ހިތާމަފާޅުކޮށްފިއެވެ.
މިނިސްޓަރު އުމަރު މިކަން ކުށްވެރިކޮށް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާރާމާރީތަކެއް ހިނގާ ދެ ކުއްޖަކު މަރުވެގެންދިއުމާއި ގުޅިގެން އެކަމާއި ހިތާމަ ކުރައްވާކަމަށެވެ. އަދި މިފަދަ އަމަލްތައް ތަކްރާރްނުވާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރަށް މާރާމާރީގައި ކުޑަ ދެކުދިން މަރުވެފައިވާތީ އެކަމަށް އިޝާޜާތް ކުރައްވާ މިނިސްޓަރު އުމަރު ވިދާޅުވީ ކުޑަކުދިން ކުށްކުރުމުން ދުރުކުރަން ހަރުދަނާ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
ހުކުރު ދުވަހާއި ހުކުރުދުވަހުގެރޭ މާލޭގައި ހިނގާދިޔަ ނުރައްކާތެރި ދެ މާރާމާރީއެއްގައި ދެ ކުއްޖަކު މަރުވެފައިވަނީ މާރާމާރީ ހިންގާ ވަރަށް ބޮޑަށް ޒަހަމްކޮށްލުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
ކުށްކުރުން ހުއްޓުވާ، ގައުމުގައި އަމާންކަން ގާއިމްކުރުމާއި ގުޅޭގޮތުން މިހަފްތާގައި މިނިސްޓަރު އުމަރު ވިދާޅުވީ ގައުމުގައި ހަމަޖެހުން ގާއިމްކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެެއް ފިސާރި ސާބިތު ކަމާއެކު ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ. އެކަމަށް ކުރިމަތިވާ ކޮންމެ ހުރަހެއް ނައްތާލައި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ މިއަދުގެ ސަރުކާރުގެ ވެސް އަދި ރައީސުލްޖުމުހުރިއްޔާގެ ވެސް އެންމެ ބޮޑު އެދުން ކަމުގައިވެސް ވިދާޅުވި އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ސަރުކާރުން މިއަދު މަސައްކަތް ކުރަމުން މިދަނީ ގައުމުގައި އިޖުތިމާއީ އަދާލަތު ދަަމަހައްޓައި ހަލާކުވެފައިވާ އިޖުތިމާއީ ފޭރާން ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ކަމަށެވެ.
ދެ ކުދިންގެ މަރާއި ގުޅިގެން މިނިސްޓަރު އުމަރު ހިތާމަ ފާޅުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ