ދީނީ އިލްމްވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވުމާ ގުޅިގެން މަރުގެ ހުކުމް އިއްވާފައިވާ ހ. ލޮބީ ހުސައިން ހުމާމުގެ އިސްތިއުނާފް އަޑުއެހުންތައް ސުޕްރީމް ކޯޓްގައި މާދަމާ ފެށުމަށް ނިންމައިފި އެވެ.
ހުމާމް މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ކަށަވަރުކުރުމަށް އެމައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރީ ދައުލަތުގެ ފަރާތުން ޕީޖީ އޮފީހުންނެވެ.
ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ހައިކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އޮންނަ މުއްދަތުގައި ހުމާމްގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިނުވާތީ އެވެ
ސުޕްރީމް ކޯޓުގައި މިމައްސަލައިގެ އަޑުއެހުންތައް ފެށުމުގެ ގޮތުން މި މަހުގެ ހަތްވަނަ ދުވަހު ހުމާމް ސުޕްރީމް ކޯޓަށް ހާޒިރުކޮށް މައްސަލައާއި ގުޅޭ މައުލޫމާތާއި މައްސަލައާއި ގުޅުންހުރި ލިޔުންތައް ވަނީ އޭނާއާއި ހިއްސާކޮށްފަ އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި އެމަނިކުފާނު ދިރިއުޅުއްވާ ގޭގެ ސިޑީގެ ކައިރިންނެވެ.
ހުމާމް މަރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 16 ޖެނުއަރީ 2014 ގައެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ.
ހުމާމުގެ މަރުގެ ހުކުމް ކަށަވަރުކުރުމުގެ ޝަރީއަތް މާދަމާ ސުޕްރީމް ކޯޓްގައި ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ