މުސްތާފާބެއަށް އިތުބާރެއް ނުކުރާނަން، ދިނީ ލަނޑެއް: ތިމަރަފުށި ރައްޔިތުން

ތިމަރަފުށީ ރައްޔިތުންނަށް، ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ދިނީ ލަނޑެއް ކަމަށް އެ ރަށުގެ ރައްޔިތުން ބުނެފިއެވެ. ޗެނަލް 13 ތިމަރަފުށްޓައް ކުރި ދަތުރުގެ ތެރެއިން މުސްތަފާގެ އަމަލާތަކާއި ނުރުހުން ފާޅުކުރަމުން ދިޔަ ތިމަރަފުށީ ރައްޔިތުން ބުނި ގޮތުގައި، މުސްތަފާ ރައީސް ޔާމީންނަށް ދެކޮޅައް ނިކުމެ، ތަރައްޤީއަށް ހުރަސް އެޅުމުން އެ ރަށުގެ ރައްޔިތުންގެ އިތުބާރު އެއްކޮށް ގެއްލިފައިވާކަމަށެވެ. ޗެނަލް 13 އަށް ވާހަކަ ދެއްކެވި އަންހެން ކަނބަލަކު ބުނިގޮތުގައި މުސްތަފާއަކީ ތިމަރަފުށީގެ ތަރައްޤީއަސް ހުރަސް އަޅާފައި ހުރި މީހެއް ކަމަށެވެ. އޭނާ ބުނިގޮތުގައި ކޮންމެ ސަރުކާރެއް އޮތަސް އެ ސަރުކާރާއި ގުޅިގެން ރަށެއް ތަރައްޤީ ކުރަން ޖެހޭނެ ކަމަށެވެ. އަދި ރަށެއް ތަރައްޤީ ކުރަން އެންމެ މުހިންމީ ގުޅިގެން ތިބުން ކަމަށެވެ. އޭނާ އިތުރަށް ބުނިގޮތުގައި މުސްތަފާބެ އެ ރަށުގެ ރައްޔިތުންނާއި އެކުގައި މަސައްކަތް ކުރި ނަމަ، މިއަދު ރައްޔިތުންގެ މެދުގައި އޭނާއަށް މެދު އުފެދިފައިވާ ނަފްރަތެއް ނޯންނާނެ ކަމަށެވެ. މީގެއިތުރުން މުސްތަފާ އިދިކޮޅަށް ނިކުމަތުމަކީ އެ ރަށުގެ ރައްޔިތުންނަށް ދިން ލަނޑެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މީގެއިތުރުން، މުސްތަފާއަށް އެއްބާރުލުން ދެން ނުދޭނެ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ތިމަރަފުށީ ރައްޔިތެއް
ޗެނަލް 13 އަށް މަޢުލޫމާތު ދިން ތިމަރަފުށި ޒުވާނެއް ބުނިގޮތުގައި މުސްތަފާ މިއަދު ނަގައިގެން ހުރި ސްޑޭންޑެއް އެއްވެސް ވަރަށް ޤަބޫލް ނުކުރާ ކަމަށެވެ. އެ ޒުވާނާ ބުނި ގޮތުގައި އެމްޑީޕީގެ ޓިކެޓްގައި ހޮވި ޕީޕީއެމް އަށް ބަދަލުވުމަށް ފަހު، ރަށުގެ ތަރައްޤީއަށް އެއްބާރުލުން ދޭނެ ކަމަށް އުންމީދުކުރިން ކަމަށާއި ނަމަވެސް މުސްތަފާވަނީ ޕީޕިއެމް އަށާއި ރައީސް ޔާމީނަށް ހިޔާނަތްތެރިވެފަކަމަށެވެ. އޭނަ ބުނިގޮތުގައި މުސްތަފާބެ ހުރެގެން ތިމަރަފުށްޓައް އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށާއި ހުރިހާ ކަމެއްވެސް ކޮށްދެއްވީ ރައީސް ޔާމީން ކަމަށެވެ. އެ ޒުވާނާ ވަނީ މެމްބަރެއް ނެތް ނަމަވެސް ތިމަރަފުށްޓައް ސަރުކާރުން ތަރައްޤީ ގެންނަ ކަން ފާހަގަކޮށްފައެވެ.
ތިމަރަފުށީ ރައްޔިތެއް
ތިމަރަފުށީގެ އިތުރު ޒުވާނެއް ބުނިގޮތުގައި މީގެކުރިން އެ ރަށަކީ އެމްޑީޕީ ރަށެއް ކަމަށާއި ނަމަވެސް މިއަދު އެ ހާލަތު އެއްކޮށް ބަދަލުވެފައިވާކަމަށެވެ. އަދި އެ ރަށުގެ ރައްޔިތުން މިއަދު ރައީސް ޔާމީން ތިމަރަފުށްޓައް ގެނަމުން ދާ ތަރައްޤީ ވަރަށް ބޮޑައް ބަލައިގަންނަކަމަށެވެ. ތިމަރަފުށީގެ ކައުންސިލަރުންވެސް އެކަމަށް ވަރަށް ބޮޑައް ހެކިދެއެވެ. އެގޮތުން އެމްޑީޕީ ކައުންސިލަރުން ތިބޭ ތިމަރަފުށީގެ ކައުންސިލަރުންވެސް ތިބީ ރައީސް ޔާމީން ގެންނަ ތަރައްޤީ އާއި މެދު ވަރަށް ބޮޑައް ހިތްހަމަޖެހިގެން، އެކަމަށް ޝުކުރުވެރިވެގެންނެވެ.
ތިމަރަފުށީގެ ކައުންސިލަރެއް
2856 މީހުންގެ އާބާދީއެއް އޮންނަ ތިމަރަފުށީގައި މި ސަރުކާރުން 8 ދާއިރާއަކުން 16 މަޝްރޫއު ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި އެކަމަށް ދައުލަތުގެ ބަޖެޓުން 107.3 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ލަޔާލް މަނިކް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
މުސްތާފާބެއަށް އިތުބާރެއް ނުކުރާނަން، ދިނީ ލަނޑެއް: ތިމަރަފުށި ރައްޔިތުން
7 މިނެޓް ކުރިން
ތަރައްޤީގައި ކައުންސިލަރުން ވަކި ފިކުރަކަށް ނުޖެހުމަށް ރައީސް ޔާމިން ގޮވާލައްވައިފި
10 މިނެޓް ކުރިން
ޖަޒީރާ ކޮންސެޕްޓު، ރައީސް ޔާމީނުގެ ވަޢުދުފުޅުގެ ނަކަލެއް!
33 މިނެޓް ކުރިން
އީޔޫ މެމްބަރުންގެ ތިބީ އަގުބޮޑު ރިސޯޓެއްގައި، ހުރިހާ ޙަރަދެއް ކުރީ އިދިކޮޅުން!
1 ގަޑި ކުރިން
ނޮޅިވަރަންފަރަށް މި ދައުރުގައި ސަރުކާރުން 230 މިލިއަން ރުފިޔާ ޚަރަދުކުރާނެ: ރައީސް
2 ގަޑި ކުރިން
މުސްތަފާބެ ދައްކަވާ ވާހަކަ ޤަބޫލް ކުރާނެ 10 މީހުންވެސް ނޫޅޭނެ: އެމްޕީ ޔާމީން
2 ގަޑި ކުރިން
އީޔޫ މެމްބަރުންގެ ތިބީ އަގުބޮޑު ރިސޯޓެއްގައި، ހުރިހާ ޙަރަދެއް ކުރީ އިދިކޮޅުން!
1 ގަޑި ކުރިން
ރައީސް ގެންނަވާ ތަރައްޤީ ރައްޔިތުން އަގުވަޒަން ކުރޭ: ޑރ. ޝަހީމް
23 ގަޑި ކުރިން
ހުޅުމާލޭ ރައްޔިތުންގެ ޢީދު އުފަލުގައި މެޑަމް ބައިވެރިވެ ވަޑައިގެންފި
16 ގަޑި ކުރިން
25 ބިލިއަން ރުފިޔާ ދިނަސް އިދިކޮޅާ ނުގުޅޭނަން: މެމްބަރު ފަލާހް
2 ގަޑި ކުރިން
އެންމެ ގިނަ ބަނދަރުގެ މަޝްރޫޢު ހިންގާފައިވަނީ މިސަރުކާރުން: ޑރ. މުޢިއްޒު
4 ގަޑި ކުރިން
މުސްތަފާބެ ދައްކަވާ ވާހަކަ ޤަބޫލް ކުރާނެ 10 މީހުންވެސް ނޫޅޭނެ: އެމްޕީ ޔާމީން
2 ގަޑި ކުރިން
ގުޅުން ހުރި
މުސްތާފާބެއަށް އިތުބާރެއް ނުކުރާނަން، ދިނީ ލަނޑެއް: ތިމަރަފުށި ރައްޔިތުން
7 މިނެޓް ކުރިން
60
0
ޖަޒީރާ ކޮންސެޕްޓު، ރައީސް ޔާމީނުގެ ވަޢުދުފުޅުގެ ނަކަލެއް!
33 މިނެޓް ކުރިން
13
0
އީޔޫ މެމްބަރުންގެ ތިބީ އަގުބޮޑު ރިސޯޓެއްގައި، ހުރިހާ ޙަރަދެއް ކުރީ އިދިކޮޅުން!
1 ގަޑި ކުރިން
367
0
މުސްތަފާބެ ދައްކަވާ ވާހަކަ ޤަބޫލް ކުރާނެ 10 މީހުންވެސް ނޫޅޭނެ: އެމްޕީ ޔާމީން
2 ގަޑި ކުރިން
64
0
ހޯމް
ނިއުސް ޑްރޮޕް
އަހަރެމެން
© 2017 Channel13 - 13news.mv
jwplayer.key='g3mGrL4oq8GfnuBRKaRVaJ8sb+rVFrqUiBGwog==';Loading...
var playerInstance = jwplayer('mediaplayer');
playerInstance.setup({playlist: [{sources: [
{file: 'rtmp://fl1.viastreaming.net:1935/channel13/livestream'},
{file: 'http://fl1.viastreaming.net:1935/channel13/livestream/playlist.m3u8'}]}],
primary: 'html5', autostart: 'false', width: '100%', height: '350'});
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ