ކުރިއަށް އޮތް ރިޔާސީ އިންތިހާބްގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިޤާލީ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވަދަކުރައްވަން ބޭނުންފުޅުވެވަޑައިގެންނެވި ނަމަވެސް ތަބަކަކަށް ލާފައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ނުދެވޭނެކަމަށް އެޕާޓީގެ އިންތިޤާލީ ނައިބު ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މައުމޫން މިހާރުވަނީ ޕީޕީއެމްގެ އިންތިޤާލީ ރައީސްކަމުން އެޕާޓީގެ ރައީސްކަމަށްވެސް ކުރިމަތި ލައްވާފައެވެ.
ޓީވީއެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރައީސް މައުމޫން ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައިފިނަމަ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނެކަމާއިމެދު ޝައްކު ނުކުރައްވާކަމުގައެވެ. ނަމަވެސް ޓިކެޓް ބޭނުންފުޅުނަމަ މައުމޫނުވެސް ޖެހިވަޑައިގަންނަވާނީ ޕްރައިމަރީގައި ވާދަކުރައްވަންކަމަށް އުމަރު ވިދާޅުވިއެވެ.
އަދި ރިޔާސީ އިންތިހާބްގައި މައުމޫނު ވާދަކުރައްވާނެތޯ ނުވަތަ ނޫންތޯ އަދި އެނގިވަޑައި ނުގަންނަވާކަމަށްވެސް އުމަރު ވިދާޅުވިއެވެ. އަދި ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާ ބޭފުޅަކު ބޭނުން ފަރާތަކަށް އެޓިކެޓް ދެވޭނެގޮތް އަސާސީ ޤަވާއިދުގައި ނެތްނަމަވެސް އުމަރަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާފަހުން މައުމޫނަށް ޓިކެޓް ދެއްވަން ޖެހިވަޑައިގަންނަވައިފިނަމަ އެކަމަށްވެސް ތައްޔާރަށް ހުންވިކަމަށް އުމަރު ވިދާޅުވިއެވެ.
މައުމޫނަށްވެސް ތަބަކަކަށް ލާފައި ޕީޕީއެމްގެ ރިޔާސީ ޓިކެޓެއް ނުލިބޭނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ