އިންތިހާބުގައި ބަލިވެއްޖެނަމަ ނަތީޖާ ގަބޫލް ނުކުރާނެ ކަމަށް ބައެއް ކެނޑިޑޭޓުން ވިދާޅުވަމުން ގެންދަވަނީ މިހާރުވެސް އިންތިހާބުން ބަލިވެއްޖެކަމަށް ގާބޫލު ކުރާތީ ކަމަށް ޖުމްހޫރީ ގުޅުމުން ބުނެފި އެވެ.
ނޫސްވެރިންގެ ބައްދަލްވުމެއްގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ޖުމްހޫރީ ގުޅުމުން އިންތިހާބަށް ނުކުމެ އޮތީ ވާދަވެރި އެހެން ކެނޑިޑޭޓުން ފަދައިން އުންމީދެއް ނެތި ނޫން ކަމަށެވެ. އިންތިޚާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެ ގުޅުމަށް އެބައޮތް ކަމަށެވެ.
"ނަމަވެސް އެހެން ބައެއް ކެނޑިޑޭޓްނާއި ރަނިން މޭޓުން އިންތިހާބުން ބަލިވެއްޖެނަމަ އެ ކަން ބަލާނެކަމަށް އަދި އެނަތީޖާ ގަބޫލް ނުކުރާނެ ކަމަށް ބުނަމުން ދަނީ މިހާރުވެސް އިންތިހާބުން ބަލިވާނެކަން ޔަގީންވާތީ،" އުމަރު ވިދާޅުވި އެވ. "އިންތިހާބުގައި ބަލިވެއްޖެ ނަމަވެސް ބައެއް ކެންޑިޑޭޓުން ސިޔާސީ މަގާމަކުން ފެންނާނެ ކަމަށް ބުނުމަކީވެސް އެ ކެނޑިޑޭޓް އިންތިހާބާމެދު އޮތް ޔަޤީންކަން ގެއްލުމުން ވިދާޅުވާ އެއްޗެއް. ތިބޭފުޅުން ބައްލަވާ އިނގޭތޯ؟ އެއް ކެނޑިޑޭޓަކު މި ވިދާޅުވަނީ އިންތިހާބު [ކާމިޔާބު] ނުވެއްޖެނަމަ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް. އަނެއް ކެނޑިޑޭޓަކު މި ވިދާޅުވަނީ އިންތިހާބުން ފޭލްވެއްޖަ ނަމަ ސިޔާސީ މަގާމަކުން ފެންނާނެ ކަމަށް."
އުމަރު ވިދާޅުވީ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު ޖުމްހޫރީ ގުޅުމުންވެސް ކަންބޮޑުވާ ކަންތައްތަކެއް އެބަހުރިކަމަށާ އެކަމުގެ ތަފުސީލް ކޮމިޝަންގެ މެންބަރުންނާއި ހިއްސާކޮށްފައިވާނެ ކަމަށެވެ. އެކަންކަން ކޮމިޝަނުން ރަނގަޅު ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އިންތިހާބުގެ ކުރިން އެ މައްސަލަތައް ހައްލު ނުވެއްޖެ ނަމަ ޖުމްހޫރީ ގުޅުމުން އެކަން ފާހަގަކުރާނެ ކަމަށާއި އިންތިހާބު ނިމުމުން އެވާހަކަތައް ދައްކާ ނަތީޖާ ގަބޫލްކުރަން ދެކޮޅު ނުހަދާނެ ކަމަށެވެ.
ބަލި ގަބޫލު ނުކުރާނެ ކަމަށް ބުނަނީ މިހާރުވެސް ބަލިވެފައިވާތީ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ