ހުޅުޖެހި މައްސަލާގައި މެމްބަރު ރަޝީދާއި މިރުޒާ ކޯޓަށް ހާޒިރު ނުކުރެވި ޝަރީއަތް ކެންސަލް

ފެބްރުއަރީ އަށް ވަނަ ދުވަހު ސ.ގަން ޕޮލިސް ސްޓޭޝަންގައި ހުޅުޖެހި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު) އާއި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރު އަހުމަދު މިރުޒާދަށް ކޯޓަށް ހާޒިރުވުމުގެ ޗިޓް ރައްދު ނުކުރެވި، ކޯޓަށް ހާޒިރު ނުކުރެވުމުން ދައުލަތުން އެ ދެ ބޭފުޅުންގެ ޝަރީއަތް މިއަދު ކެންސަލްވެއްޖެ އެވެ. ގަން ޕޮލިސް ސްޓޭޝަންގައި ހުޅުޖެހި މައްސަލައިގައި ދައުލަތުން ކްރިމިނަލް ކޯޓުގައި 43 މީހެއްގެ ދައުވާކުރާ މައްސަލައިގައި މިއަދު ހާޒިރުކުރެވިފައި ވަނީ 36 މީހެކެވެ. ހާޒިރު ނުވާ މީހުންނަކީ ޗިޓް ރައްދު ނުވެގެން ހާޒިރު ނުކުރެވުނު މީހުންނެވެ. ކޯޓަށް ހާޒިރުކުރި މީހުންނަށް މިއަދު އޮތީ ދައުވާ ކުރިއަށް ގެންދާނެ ގޮތް އޮޅުންފިލުވައިދީ، ވަކީލުން އައްޔަންކުރުމުގެ ފުރުސަތު ދިނުމެވެ. ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މެމްބަރު ރަޝީދަށް ޗިޓް ރައްދު ނުކުރެވުނީ ރަސްމީ ދަތުރެއްގައި ރާއްޖެއިން ބޭރުގައި އުޅުއްވާތީ ކަމަށެވެ. އަދި ކައުންސިލް މެމްބަރު މިރުޒާދަށް ޗިޓް ރައްދުކުރަން އެގެއަށް ދިއުމުން މިރުޒާދު އުޅޭ ތަނެއް ވެސް އަދި ގުޅޭނެ ނަމްބަރެއް ވެސް ނޭނގޭ ކަމަށް އޭނާގެ އާއިލާއިން ބުނެފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި ކޯޓަށް ހާޒިރުނުކުރެވޭ މީހުން ހާޒިރުކުރުމަށް ކުރަންޖެހޭ މަސައްކަތް އެ އޮންނަ އުސޫލުން ކޯޓުން ކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ