މަޖިލީހުގެ ރައީސްގެ ބޭބެ މުހައްމަދު ޝާހިދު ކޯޓުން ދޫކޮށްލައިފި

ކޮރަޕްޝަންގެ ތުހުމަތުގައި 15 ދުވަހަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ މުހައްމަދު ޝާހިދު ހައިކޯޓުން މިއަދު ދޫކޮށްލައިފިއެވެ.
މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދުގެ ބޭބެ ހައިކޯޓުން ދޫކޮށްލާފައިވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް އެކަށިގެންވާ ހެކި ފުލުހުން ހުށަހަޅާފައި ނުވާތީއެވެ.
ފުލުހުން މުހައްމަދު ޝާހިދު ބަންދުގައި ބެހެއްޓުމަށް އެދިފައިވަނީ ހެއްކަށް ނުފޫޒް ފޯރުވާފާނެ ކަމަށް ބުނެއެވެ.
ޝާހިދު ދޫކޮށްލަން އަމުރު ކުރި އިރު އޭނާގެ ހާލު ސީރިއަސް ވެގެން ރޭވަނީ އޭޑީކޭގައި އެޑްމިޓްކޮށް ފަރުވާދޭން ފަށާފައެވެ.
ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުގެ 24 މިލިޔަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައާއި ގުޅިގެން މުހައްމަދު ޝާހިދު ހައްޔަރުކޮށްފައިވަނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. ޝާހިދުގެ އިތުރުން ކުރީގެ ސްޓޭޓު މިނިސްޓަރު އަބުދުﷲ ޝާހިދާއި އިތުރު ތިން މީހަކު ވެސް ހައްޔަރުކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ