މިއަހަރަށް މަޖިލީސް ހުޅުވުމުގެ ގިތުން ރައީސުލްޖުމްހީރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތަށް މާލޭގެ 29 ސަރަހައްދެއް ބަންދުކުރަން ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ފުލުހުންގެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން މާދަމާ ބަންދުކުރަން ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖުލީސްކުރާގެ ހިމެނޭ ސަރަހައްދާއި ސަލާމަތީ ހިދުމަތްދޭ މަރުކަޒުތައް ހިމެނޭ ސަރަހައްދުތަކާއި ގުޅިފައިވާ މަގުތަކާއި ގޯޅިތައް ކަމަށެވެ.
އަދި ދިމާވަ ކަމެއްގެ ސަބަބުން އިތުރު ސަރަހައްދުތައް ބަންދުކުރަން ޖެހިދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ގިނަ އަދަދެއްގެ ސަރަހައްދުތައް މާދަމާ ބަންދުކުރަން ހަމަޖެހިފައިވާއިރު، ރިޔާސީ ބަޔާން އިއްވުމާއި ދެކޮޅަށް އިހުތިޖާޖު ކުރުމަށް އެމްޑީޕީން މިއަދު ވަނީ ނިންމާފައެވެ.
ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ ރަސްމިއްޔާތަށް 29 ސަރަހައްދެއް ބަންދުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ