އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ރައީސްކަމުގެ މަގާމަށް ހިންނަވަރު ދާއިރާގެ މެމްބަރ އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)، ނާއިބު ރައީސްކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރ އަލީވަހީދާއި ކަށީދޫ ދާއިރާގެ މެމްބަރ އަބުދުﷲ ޖާބިރު އިންތިހާބުކޮށްފި އެވެ.
އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕްގެ ރައީސްކަމަށް އިންތިހާބުވީ 25 ވޯޓް ދެއްވައިގެންނެވެ. އިބޫއާ ދެކޮޅަށް ދެމެމްބަރުން ވޯޓް ދެއްވިއިރު ބާތިލް ވޯޓެއްވެސް ލާފައިވެއެވެ. އިބޫ އާ އެއްވެސް މެމްބަރަކު ވާދަކޮށްފައެއް ނުވެއެވެ. ނާއިބު ރައީސް ކަމަށް އަލީ ވަހީދުއަށް އިންތިހާބުވީ 25 މެމްބަރުން ވޯޓް ދެއްވައިގެންނެވެ. އޭނާއާދެކޮޅަށް ދެމެމްބަރުން ވޯޓް ދެއްވިއިރު ބާތިލް ވޯޓެއްވެސް ލާފައިވެއެވެ. ޖާބިރަށް ފެންނަކަމަށް 13 ވޯޓު ލިބިފައިވާއިރު ނުފެންނަ ކަމަށް 14 މެމްބަރުން ވޯޓް ދެއްވިއެވެ.
ނާއިބު ރައީސްކަމަށް ވާދަކުރެއްވި ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ ފަސް ވޯޓެވެ. ނުފެންނަ ކަމަށް 22 މެމްބަރުން ދެއްވިއެވެ. އެމަގާމަށް ވާދަކުރެއްވި ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރުއަށް 11 ވޯޓް ލިބިވަޑައިގެންނެވިއިރު އޭނާއާ ދެކޮޅަށް 16 މެމްބަރުން ވޯޓް ދެއްވިއެވެ.
ޕާލަމެންޓްރީ ގްރޫޕްގެ ތިން ވިޕުންނަށް ހޮވިފައިވަނީ ގަޅޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲއާއި ބާރަށު ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޒު އާއި ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އެވެ. އެމަގާމަށް ވާދަކުރެއްވީވެސް އެތިން ބޭފުޅުންނެވެ.
އަމީން އާއްމުގެ މަގާމަށް ހޮވިފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު އެވެ. އޭނާއަށް 20 ވޯޓު ފެންނަ ކަމަށް ލިބިފައިވާ އިރު ނުފެންނަ ކަމަށް 8 ވޯޓު ދިނެވެ. އަށާވީސް ވޯޓާއެކު އަމީން އާއްމުގެ ނާއިބު މަގާމް ކާމިޔާބު ކުރެއްވީ ތިނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ގަސަމު އެވެ. އިންތިހާބުގައި ބައިވެރިވެފައިވަނީ ވެސް 28 މެމްބަރުންނެވެ. 30 މެމްބަރުން ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ޕީޖީގެ ދެ މެމްބަރަކު މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ.
އެމްޑީޕީގެ ޕީޖީގެ ރައީސްކަމަށް އިބޫ ނާއިބު ރައީސްކަމަށް އަލީ ވަހީދުއާއި ޖާބިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ