މޫސުން ވަރަށް ގޯސް، އުތުރަށް އަނެއްކާވެސް އޮރެންޖު އެލާޓު

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެ ހއ. އަތޮޅުން ބ.އަތޮޅަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އޮރެންޖު އެލާޓު ނެރެފިއެވެ.އޮރެންޖު އެލާޓު ނެރެފައި ވަނީ މިރޭގެ 22:30 އިން މެންދަމު ދެގަޑި 02:30 އަށެވެ. މެޓު އޮފީހުން ލާފާކުރާ ގޮތުގައި މި މުއްދަތުގައި ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު މޭލަށް ވައިގަދަވާނެއެވެ.މެޓު އޮފީހުން އުތުރުގެ އަތޮޅުތަކަށް މިއަދު ވަނީ 3 ފަހަރެއްގެ މަތިން އޮރެންޖު އެލާޓު ނެރެފައެވެ. އަދި މިއަދު ކުރަމުންދާ ވިއްސާރާގައި އުތުރުގެ އަތޮޅުތަކުގެ އެކި ރަށްރަށަށް ބޮޑެތި ގެއްލުންތައް ދަނީ ވަމުންނެވެ.މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދޭ ގޮތުގައި ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް، ޙާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވެ، ކަނޑުތަކާއި ވައި ގަދަވާނެއެވެ.  އަދި މީގެ އިތުރުން ބޯކޮށް ވާރޭ ވެހި ބައެއް ރަށްރަށަށް އުދަ އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ.ރާއްޖެއަށް، ޙާއްސަކޮށް އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވެފައި މި ވަނީ ރާއްޖޭގެ ހުޅަނގު އުތުރުން އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ތޫފާނަ،ކަށް ބަދަލުވެފައި ވާތީއެވެ. މި ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށާއި އެހެން ނަމަވެސް ތޫފާނުގެ ސަބަބުން އުފެދޭ ވިލާތައް ރާއްޖޭގެ މައްޗަށް އަރަމުންދާނެ ކަމަށް މެޓުން މަޢުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ