ރައީސް މައުމޫން ވެކްސިން ޖައްސަވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑް-19 ވެކްސިން ޖައްސަވައިފި އެވެ.
މައުމޫން ވެކްސިން ޖެއްސެވީ މިއަދު މެންދުރު ވަގުތުގައި ސެނެހިޔާ ހޮސްޕިޓަލަށް ވަޑައިގެންނެވެ. ރައީސް މައުމޫންއާ އެކު އަނބިކަނބަލުން ނަސްރީނާ ވެސް ވަނީ މިއަދު ވެކްސިން ޖައްސަވައިފަ އެވެ.
Praise be to Allah, today Nasreena and I received our Anti-Covid vaccination at Senahiya Hospital. Let us all get protected. @presidencymv @MNDF_Official @HPA_MV pic.twitter.com/IfuP3lgpc8
— Maumoon Abdul Gayoom (@maumoonagayoom) February 10, 2021
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެގޮތުން މިހާތަނަށް 16،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ.
ރާއްޖޭގައި މިހާރު ޖަހަމުންދަނީ އިންޑިއާ އިން ހަދިޔާކުރި ކޮވިޑް ވެކްސިންގެ 100،000 ޑޯޒެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ.
މީގެއިތުރުން ޗައިނާ ސަރުކާރުން ވެސް ވަނީ 100،000 ޑޯޒުގެ ވެކްސިން ރާއްޖެ އަށް ހަދިޔާކުރުމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ