ރޯމާގެ ކޯޗަކަށް މޮރީނިއޯ ހަމަޖައްސައިފި

އިޓަލީގެ ރޯމާގެ ކޯޗަކަށް ހޯޒޭ މޮރީނިއޯ ހަމަޖައްސައިފިއެވެ.މޮރީނިއޯ ރޯމާގެ ކޯޗުގެ ގޮތުގައި ސޮއިކޮށްފައިވަނީ ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. އޭނާ މި މަގާމައި ހަވަާލުވާނީ އަންނަ ސީޒަނުން ފެށިގެންނެވެ.ރޯމާގެ މިހާރުގެ ކޯޗް ޕައުލޯ ފޮންސެކާ، މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލާނެ އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން ރޯމާއިން މި ވަގުތު އޮތީ ހަތް ވަނައިގަ އެވެ. ލީގުގައި ބާކީ ހަތަރު މެޗު އޮތް އިރު ތާވަލުގައި އެއަށް ވުރެ މައްޗަށް ދިއުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.އިންޓަ މިލާން، ރެއާލް މެޑްރިޑް އަދި ޗެލްސީ އާއި މެންޗެސްޓަރ ޔުނައިޓެޑް ފަދަ ކްލަބުތަކަށް ކޯޗުކޮށްދީފައިވާ މޮރީނިއޯ އެންމެ ފަހުން މަސައްކަތް ކުރީ، ޓޮޓެންހަމް ހޮޓްސްޕާސްގަ އެވެ. މިދިޔަ މަހު 19 ވަނަ ދުވަހު އެ ޓީމުގެ ކޯޗް ކަމުން އޭނާ ވަކި ކުރީ، އޭނާގެ ކޯޗް ކަމުގެ ދަށުން އިނގިރޭސި ލީގު ކަޕްގެ ފައިނަލަށް ޓޮޓެންހަމް ދަތުރު ކުރި ނަމަވެސް ފައިނަލު މެޗުގައި ކޯޗް ކޮށްދޭންވެސް ފުރުސަތު ނުދީ އެވެ.ރޯމާގެ ރައީސް ޑޭން ފްރީޑްކިން ވިދާޅުވީ މޮރީނިއޯއަށް މަރުހަބާ ކިއުމަކީ އޭނާއަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އަދި އުންމީދީ ޕްރޮޖެކްޓެއް ބިނާ ކުރުމަށް މޮރީނިއޯގެ ލީޑާޝިޕާއި ތަޖުރިބާ ރޯމާއަށް މުހިންމު ކަމަށް ފްރީޑްކިން ވިދާޅުވި އެވެ."މި ޓީމުގެ ކޯޗް ކަމަށް ހޯޒޭ ހަމަޖެއްސުމަކީ ދުރު މުސްތަގުބަލަށް ބަލައި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބު ހޯދަން އެޅިގެން ދިޔަ ބޮޑު ފިޔަވަޅެއް،" ފްރީޑްކިންގެ ފަރާތުން ނެރުނު ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ