ކަބަޑެއްގެ ދަށުވެ މަރުވި ކުއްޖެއްގެ އާއިލާއަށް ބަދަލުގެ ގޮތުގައި 46 މިލިއަން ޑޮލަރު

ސްވިޑަންގެ ފަރުނީޗަރު ކުންފުނި، އައިކިއާއިން އުފެއްދި ކަބަޑު ސެޓެއް ވެއްޓި ކުއްޖަކު މަރުވުމުގެ ސަބަބުން އެ ކުއްޖާގެ އާއިލާއަށް ބަދަލުގެ ގޮތުގައި 46 މިލިއަން ޑޮލަރު ދިނުމަށް އެ ކުންފުނިން އެއްބަސްވެއްޖެ އެވެ.
Advertisement

މޭ 2017 ގައި އުމުރުން ދެ އަހަރުގެ ޖޯޒެފް ޑުޑެކް މަރުވީ އައިކިއާގެ މާލްމް ބްރޭންޑުގެ ކަބަޑު ސެޓު އެ ކުއްޖާގެ ގައި މައްޗަށް ވެއްޓުމުންނެވެ.
ޖުމްލަ 32 ކިލޯގެ އެ ކަބަޑު ސެޓު ވިއްކުން، އެ ހާދިސާ ހިނގުމުގެ އަހަރެއް ކުރިން އޮތީ މެދުކަނޑާލާފަ އެވެ. އެއީ އެ ކަބަޑުގެ ދަށުވެ އެމެރިކާގައި ތިން ކުއްޖަކު މަރުވުމާ ގުޅިގެންނެވެ.
އައިކިއާއިން 46 މިލިއަން ޑޮލަރު ދޭން ނިންމުމުން، ޖޯޒެފް ޑުޑެކްގެ މަންމަ އާއި ބައްޕަ ބުނީ އެ ކަބަޑުގެ ޑިޒައިނުގައި މައްސަލަތަކެއް އުޅޭކަން އެމީހުންނަށް އެނގުނީ ދަރިފުޅު މަރުވެގެން އެތައް ދުވަހެއް ވީ ފަހުން ކަމަށެވެ.
އަދި އައިކިއާއިން އެމީހުންނަށް ދޭ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ހަދިޔާ ކުރަން ނިންމާފައި ވަނީ ނުރައްކާތެރި އުފެއްދުންތަކުން ކުޑަކުދިން ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ގްރޫޕުތަކަށް ކަމަށް ވެސް އެމީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ