އޭދަފުށިން ތިން ގަޑިއިރަށް ކަރަންޓް ކަނޑާލަނީ

އޭދަފުށީ އިންޖީނުގޭގެ
ޕެނަލް ބޯޑުގެ މަރާމާތަށް މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ތިން
ގަޑިއިރަށް ކަރަންޓް ކަނޑާލަން ނިންމައިފި އެވެ.
ފެނަކަ ކޯޕަރޭޝަން އޭދަފުށީ އިންޖީނުގެއިން ބުނީ ޕެނަލް ބޯޑުގެ މަސައްކަތެއް ކުރުމަށްޓަކައި ކަރަންޓް ކަނޑާލަން ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް ކަމަށެވެ.
“މިކަމުގެ ސަބަބުން އާއްމުންނަށް ދިމާވެދާނެ ދަތިތަކަށް މައާދަށް އެދެން،” އިންޖީނު ގޭގެ ނޯޓިކްގައި ބުންޏެވެ.
އޭދަފުށީ އިންޖީނުގޭގެ ޕެނަލް ބޯޑުގެ މަރާމާތަށް ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑައެވެ
އޭދަފުށިން
ކަރަންޓް ކެނޑޭ މައްސަލައަކީ ހައްލުނުކުރެވި ވަރަށް ބޮޑަށް ދިގުލައިގެން ގޮސްފައިވާ
މައްސަލައެކެވެ. އަދި މިކަމާ ގުޅިގެން ރައްޔިތުން ޝަކުވާ ކުރާތާ ގިނަ އަހަރުތަކެއް
ވެއްޖެއެވެ.
މިކަމާ ގުޅިގެން ފެނަކަ އިން ބުނީ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިންޖީނު ރޫމު ބޮޑުކޮށް ކޭބަލް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ