ބަދަލުގެ ގޮތުގައި 200،000،000.00 ރުފިޔާ ހޯދަން އިބުރާ ދައުވާ ކުރަނީ!

އިޤްތިސާދީ ވަޒީރުގެ ފައްޔާޒު އިސްމާއިލް ބޭބެ އިބްރާހިމް އިސްމާއިލް (އިބްރާ) ހިންގާ މަންދު ކޮލެޖުު މާލެ އިންގްލިޝް ސްކޫލުގެ އިމާރާތުން ބޭރުކުރި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރަން މަންދު ކޮލެޖުން ނިންމައިފިއެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި މަންދު ކޮލެޖުން ދައުވާ ކުރުމަށް ނިންމާފައިވަނީ ބަދަލުގެ ގޮތުގައި 200،000،000.00 (200 މިލިއަން) ރުފިޔާ ހޯދާށެވެ. އަދި އެ މައްސަލަ އަންނަ ހަފްތާގައި ކޯޓަށް ހުށަހެޅުމަށް ދަނީ ތައްޔާރުވަމުންނެވެ. އެމްއީއެސް އިމާރާތުގައި މަންދު ކޮލެޖު ހިންގަން ހަވާލު ކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އެ އިމާރާތް ހުސްކުރަން މަންދުކޮލެޖަށް އެންގީ 2015 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައެވެ. މަންދު ކޮލެޖުން އޭރުވެސް އެކަން ސަރުކާރުން ކޮށްފައިވަނީ ޤަވާއިދާ ހިލާފަށް ކަމަށްބުނެ ދައުވާ ކުރާނެ ކަމުގެ އިންޒާރު ދިނެވެ. މި ސަރުކާރުގެ ފުރަތަމަ އަހަރުތެރޭ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި ބޮޑު އަދަދެއް ދޭން ނިންމިއެވެ. ނަމަވެސް މީޑިއާތަކުން އެކަން ފަޅާ އަރުވާލުމާއި ގުޅިގެން އެކަން ކުރުން ސަރުކާރުން ވަނީ މަޑު ޖައްސާލާފައެވެ.ބޮޑު އަދަދެއް ހޯދަން މަންދު ކޮލެޖުން ދައުވާ ކުރަން ނިންމާފައިވާއިރު، އެ ކޮލެޖުގެ އިސް ފަރާތް ކަމުގައިވާ އިބްރާހިމް އިސްމާއިލް އިބުރާގެ ދެ ކޮއްކޮ ކަމުގައިވާ އިޤްތިސާދީ ވަޒީރު ފައްޔާޒު އިސްމާއިލް އާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކެޓްރީ ހަަސަން އިސްމާއިލްގެ ހިއްސާ އޮަންނަ ބިޒަނަސް އިމޭޖް ގުރޫޕު (ބިގް) އަށްވެސް ބަދަލުގެ ގޮތުގައި 78 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދީފައެވެ. ބަދަލުގެ ގޮތުގައި އެކިއެކި ކުންފުނިތަކަށް މިހާރު 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ދީފައިވާ ކަންފާހަގަކޮށްލެވެއެވެ. 
މިލިޔުން ކިޔާލުމުން
8 %
އުފާވި
3 %
ދެރަވި
87 %
ރުޅިއައި
3 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
علي وحيد
މާލެ އިންގުލިސް ސްކޫލްގަ އިބުރާ ޔަހޫދީ ދީން ކިޔަވައިދިނުމަށްޓަކައި، ކޮލެޖެއް ހިންގަން ދޭކަށް ނުޖެހޭ މ. އ. ބޯގަންވިލާގަ ހިންގަބަލަ ކަންކަން ކުރާނެ ފައިސާ ނެތިއްޔާއި ނުކުރީމަ ނިމުނީ ދައުލަތުން ބަދަލުހޯދައިގެން ރަށްޔިތުން ފެލައިގެނެއްނޫން ކޮލެޖު ހިންގާނީ
REPLY
ޢަދޫ
ޙާސް ކަނޑާލާ މިދައުރު ނިމުމުގެ ކުރިން ތިލާރި ކޮޅު ދޭނެ، މިސަރުކާރަށް ކުރަން އެގޭ ކަމަކީ ބިޑު ބަޖެޓް ފާސްކޮށްފަ ޕާޓީގެ އިސްސަފުގަ ތިބި މުލުވަގުންނަށް ލާރުބެހުން..
REPLY
ލީލް
މީ ލާރިއާ ހެދި ބޫތުކައިފަ ހުރި ހަޔާތްކުޑަ ބުރާންޗެއް. މީނަ ބޯގަންވިލާގަ ޔަހޫދީ ކޮލެޖް ހިންގަންވީނުން.
REPLY
ޙުސެއިން
މީ ދެން ބަލާ އެއްނު
REPLY
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ