ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ރަނގަޅު ކާމިޔާބެއް ލިބިއްޖެނަމަ، ވެރިކަންކުރާ ކޯލިޝަނުން މައުމޫން ޢަބްދުލްޤައްޔޫމާއި ޤާސިމް އިމްރާހީމާއި އަދި އިމްރާން ޢަބްދުﷲ ބޭރުކޮށް، ކޯލިޝަން ނިމުމަކަށް ގެންނާނެ ކަމަށް ބިލެއްދޫ ދާއިރާގެ މަޖިލިސް މެމްބަރ އަޙުމަދު ޙަލީމު ވިދާޅުވެއްޖެ އެވެ.
މެމްބަރު އަޙުމަދު ޙަލީމު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުން މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަޙުމަދު ޙަލީމު ވިދާޅުވީ “މި ފަހަރު ލޯކަލް ކައުންސިލް އިންތިހާބު އަޅުގަނޑުމެންނަށް ރަނގަޅަށް ލިބިއްޖެއްޔާ، އިރާދަކުރެއްވިއްޔާ އެންމެ ދުވަހަކު ވެސް ގާސިމް އިބްރާހިމް އާއި، މައުމޫން އަބްދުލް ގައްޔޫމްއާ އެކު، އިމްރާން އަބްދުﷲ އާ އެކު އުޅޭކަށް ނެތިން. އެމީހުންނާއެކު ސަރުކާރަށް ހިންގޭނެ ކަމަކަށް ނުފެނޭ” ކަމަށެވެ.
މައުމޫން އާއި ޤާސިމް އަދި އިމްރާން ކޯލިޝަނުން ބޭރުކުރާނެ ކަމަށް އަޙުމަދު ޙަލީމު ވިދާޅުވިއިރު، ވެރިކަން ހިންގާ މައިޕާޓީ އެމްޑީޕީ އާއެކު ކޯލިޝަން ހަދާފައިވާ އެ ތިން ބޭފުޅުންގެ ޕާޓީތައް ކަމަށްވާ އެމްއާރުއެމް އާއި ޖޭޕީ އަދި އަދާލަތު ޕާޓީއަށް އަޙުމަދު ޙަލީމުވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި އެވެ.
އަދި އެ ތިން ޕާޓީގެ ސްލޮޓްގައި ވަޒީރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް އެމްޑީޕީ ބޭނުންވާ ގޮތަށް މަސައްކަތް ނުކުރެވޭ ކަމަށާއި، ކައުންސިލް އިންތިޚާބަށްފަހު އެބޭފުޅުން މަވެސް ޤާމުތަކުން ބޭރުކުރާނެ ކަމުގެ ނުސީދާ އިންޒާރު މެމްބަރު އަޙުމަދު ޙަލީމުވަނީ މިއަދު ދެއްވާފައި އެވެ.
“ހާއްސަކޮށް އޭޕްރީލް ހަތަރުވަނަ ދުވަހަކީ އެމްޑީޕީގެ ރައްޔިތުންނަށް އުފާވެރި ދުވަހަކަށްވާނެ. އެ ދުވަހު ކޯލިޝަންގެ މޫނުގައި އަޅާނެ ކަމުގެ ޔަގީންކަން ދެން” ހަލީމް ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހުއެވެ.
ކައުންސިލް އިންތިޚާބަށްފަހު މައުމޫނު، ޤާސިމް އަދި އިމްރާން ބޭރުކުރާނަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ