އިސްލާމީ މަރުކަޒުން ކަރަންޓު ކޭބަލްތަކެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފި

އިސްލާމީ މަރުކަޒުގެ ގޯތި ތެރޭގައި އަޅާފައި އޮތް ކަރަންޓް ކޭބަލްތަކެއް ބުރިކޮށް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އިސްލާމީ މަރުކަޒު ގޯތިތެރޭގައި އަޅާފައި ހުރި ކަރަންޓު ވައިރުތަކެއް ބުރިކޮށްގެން ވަގަށް ނަގަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފައިވަނީ އިއްޔެ މެންދުރު 14:45 ހާއިރު އެ ވައްކަންކުރަމުންދަނިކޮށް ކަމަށެވެ.
ފުލުހުން ބުނީ މި ވައްކަން ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެމީހާ ހައްޔަރުކޮށްފައިވަނީ އާއްމުންގެ މީހަކަށް އެމަންޒަރު ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ