ހ. ތެމާގައި ހިނގަމުންދިޔަ ޕީޕީއެމްގެ އޮފީހަށް ކަޅުތެޔޮ ޖެހި މައްސަލާގައި ދެ މީހަކު ހޯދުމަށް މިއަދު ފުލުހުން އިއުލާންކޮށްފި އެވެ. ފުލުހުން ވަނީ ކަޅު ތެޔޮ އެ އޮފީހަށް ޖެހި ދެ މީހުންގެ ވީޑިއޯއެއް އާންމުކޮށްފަ އެވެ.
ފުލުހުން އާންމުކުރި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި ތިބި ޒުވާނުންގެ ތެރެއިން އެކަކު، އެ އޮފީހުގެ ދޮރާ ދިމާލަށް ކަޅު ތެޔޮ އަޅާފައި ހުރި އެއްޗެއް އެއްލާތަން ފެނެ އެވެ. އެ ސަރަހައްދުގައި އެއްވެސް ވަރަކަށް ސައިކަލް މަޑުކޮށްފައެއް ނުވެ އެވެ.
ފުލުހުން މި ވީޑިއޯ އާންމުކުރުމަށްފަހު ބުނެފައިވަނީ، ވީޑިއޯއިން ފެންނަ ދެ މީހުންނަކީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ ދެ މީހުން ކަމަށެވެ.
ޕީޕީއެމް އޮފީހަށް ކަޅު ތެޔޮ ޖަހާފައިވަނީ އެ އޮފީހުގައި ހުރި ޕީޕީއެމްއާ ގުޅޭ ހުރިހާ ތަކެއްޗެއް ދަރުބާރުގޭގައި ހަދާފައިވާ ޕީޕީއެމްގެ އޮފީހަށް ގެންދިޔަ ފަހުންނެވެ.
އެ ޕާޓީގެ އެތެރޭގައި ކޯޅުންތައް އިތުރުވެ، ދެބައިވެފައިވަނިކޮށް ހިނގާދިޔަ މި ހާދިސާއާ ގުޅިގެން މިކަމުގެ ތުހުމަތު ދެ ފެކްޝަނުން ވަނީ ދެ ފެކްޝަނުގެ ބޮލުގައި ވެސް އަޅުވާފަ އެވެ.
މައުމޫން އޮފީހަށް ކަޅު ތެޔޮ ޖެހި މީހުން ހޯދަން ވީޑިއޯ އާންމުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ