ކަސްޓަމްސްގެ 125 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހަވީރު މާލޭގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް މޯލްޑިވްް ކަސްޓަމްސް ސާވިސްއިން ނިންމައިފިއެވެ.
ކަސްޓަމްސްއިން ވިދާޅުވީ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހިންގޭ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "އާއިލާ ހަވީރު" އޮންނާނީ ކަސްޓަމްސް ބިލްޑިންގ، ބޮޑުތަކުރުފާނު މަގުގައި މިއަދު ހަވީރު 4:00 ގައި ކަމަށެވެ.
މި އާއިލީ ހަވީރު އިފްތިތާހުކޮށް ޝަރަފްވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް މުހައްމަދު ޒުހޫރު ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
މި ކުޑަކުދިންގެ ހަވީރުގައި ވީހާވެސް ގިނަ އާއިލާތަކުންނާއި ކުޑަކުދިން ބައިވެރިވުމަށް ކަސްޓަމްސްއިން އެދެއެވެ.
ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި އާއި ކަސްޓަމްސްގެ 125 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމްސްގެ މުވައްޒަފުން މިމަހުގެ 22 ވަނަ ދުވަހު ވަނީ މާލޭގެ ބާޒާރުމަތި ސާފުކޮށްފައެވެ.
ކަސްޓަމްސްގެ އަހަރީ ދުވަސް ފާޙަގަ ކުރުމުގެ ގޮތުން 8 މެއި ގައި ވަނީ “ފަން ރަން” ގެ ނަމުގައި ދުވުމެއް ވެސް ވަނީ ބާއްވާފައެވެ.
ކަސްޓަމްސްގެ އަހަރީ ދުވަހާ ގުޅުވައިގެން މިއަހަރުގެ ތެރޭގައި ތަފާތު ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ކަސްޓަމްސްގެ އަހަރީ ދުވަހާއި ގުޅިގެން މިއަދު ހަވީރު ކުޑަކުދިންގެ ހަވީރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ