މެއި މަހުގެ އެއް ވަނަ ދުވަހު އަދާލަތު ޕާޓީން އިންތިޒާމުކޮށްގެން މާލޭގައި ބޭއްވި ބޮޑު މުޒާހަރާގައި، ފުލުހުންގެ ސަފުތައް ފޫ އަޅުވާލުމަށްފަހު ވަދެގަތް ޕިކަޕްގެ ޑްރައިވަރަކަށް އިން މީހާ ބަންދުން ދޫކުރެވެން ނެތް ކަމަށް ކަނޑައަޅައި ހައި ކޯޓުން ހުކުމް ކޮށްފިއެވެ.
އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި މަސްމާރުކޭޓް ކުރިމަތިން ފުލުހުންގެ ސަފު ފޫ އަޅުވާލުމަށް ފަހު ދިޔަ ޕިކަޕު ދުއްވަން އިނީ ސ. ހިތަދޫ އަލިމަސްގޭ ބާސިތު އިބްރާހީމެވެ.
މި މައްސަލައިގައި އޭނާ 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު އޭނާގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. މި މައްސަލަ ނިންމައި ހައި ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ މުޒާހަރާ ކުރިއަށް ދިޔަ އިރު އެ ސަރަހައްދުގެ އަމަން ބެލެހައްޓެމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް ބާސިތު ޕިކަޕް ދުއްވާފައިވާ ކަަމަށާއި، އެކަމުގެ ސަބަބުން މުޖުތަމައުގެ އާންމު ސަލާމަތް ގެއްލުނު ކަމަށެވެ.
އަދި ބާސިތުގެ ސަބަބުން މުޖުތަމައުގައި ދިރިއުޅޭ އާންމުންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށްވެސް ހައި ކޯޓުގެ ހުކުމްގައި ވެއެވެ.
ހައި ކޯޓުގެ ހުކުމްގައި ވަނީ ބާސިތު ދޫކޮށްލައިފި ނަަމަ އޭނާގެ ފުށުން އެފަދަ އަމަލެއް ތަކުރާރުވެދާނެ ކަމަށް ފެންނަކަމަށާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ޓަކައި އޭނާ ދޫކޮށްލެވެން ނެތް ކަމަށެވެ.
އެހެންކަމުން ބާސިތު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަން ޖެހޭނެ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި މައްސަލައިގައި ބާސިތުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ.
ފުލުހުންގެ ގައިގައި ޕިކަޕުން ޖެއްސި ޑްރައިވަރު ދޫކުރެވެން ނެތް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ