މާލެ އިން ބޭރުގައި ގާއިމުކުރި ފުރަތަމަ ޕިކްޕޯސްޓުގެ ހިދުމަތް ހދ. ކުޅުދުއްފުށީގައި ގާއިމުކޮށް، އެ ތަނުން ހިދުމަތް ދޭން މިއަދު ފަށާފައިވާ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނެފި އެވެ.
މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ތަން ހުޅުއްވައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަފީގާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ދާއޫދު އެވެ.
އެ ތަން ހުޅުވީ ކުޅުދުއްފުށީގައި ހުންނަ ޝަހީދު ކޯޕްރަލް ހުސެއިން އާދަމް ހަނދާނީ ބިނާ ކައިރީގަ އެވެ.
ކުޅުދުއްފުށީގައި ޕިކްޕޯސްޓުގެ ހިދުމަތް ގާއިމް ކުރުމަކީ ޕޯސްޓުގެ ހިދުމަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށް، ޕޯސްޓް އޮފީހުން ބުނީ މާލެ އިން ބޭރުގައި ގާއިމްކުރި ފުރަތަމަ ޕިކްޕޯސްޓާ އެކު ކަސްޓަމަރުންނަށް ބޮޑު ފަސޭހައެއް ލިބޭނެ ކަމަށެވެ.
ޗައިނާގެ އެންމެ މަޝްހޫރު އެއް އޮންލައިން ޕްލެޓްފޯމް "ޓީމޫ" ގެ ހިދުމަތް މިދިޔަ އަހަރު ރާއްޖެ އަށް ތައާރަފް ކުރުމާ އެކު ވަރަށް ބޮޑަށް ޕޯސްޓް އޮފީހަށް ވަނީ ބާރު ބޮޑުވެފަ އެވެ.
މާލެ އިން ބޭރުގެ ފުރަތަމަ ޕިކްޕޯސްޓް ކުޅުދުއްފުށީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ