ހާލުގައި ޖެހިފައި ވަނިކޮށް އަޑިޔަށްދިޔަ ލޯންޗެއްގައި ތިބި 3 މީހުން ސަލާމަތް ކޮށްފި

އދ.އެރިއަދޫ އިން ދ.މީދޫއަށް ތިންމީހުންނާއި އެކު ދަތުރުކުރި ލޯންޗެއް ހާލުގައިޖެހިފައި ވަނިކޮށް ފުލުހުން އެ 3 މީހުން ސަލާމަތްކޮށްފި އެވެ.
ފުލުހުން ވިދާޅުވީ މި ލޯންޗު ހާލުގައި ޖެހުނީ ފ.ފީއަލީގެ ބޭރުން 7 ނޯޓިކަލް މޭލު ދުރުގައި އޮއްވާ ތެޔޮ ހުސްވެގެން ކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިލައްވާފައިވަނީ ރޭ 22:00 ހާއިރު ކަމުގަ އެވެ. އަދި އެ ލޯންޗުގައި ތިބި މީހުންނަށް އެހީތެރިވުމަށް ފ.އަތޮޅު ޕޮލިސް ލޯންޗު އެ ސަރަހަށްދަށް ދަތުރުކޮށް އެލޯންޗުގައި ތިބީ 2 ފިރިހެނަކާއި، އަންހެނަކު ސަލާމަތް ކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
"އޭރު ލޯންޗު ތެރެއަށް ފަހަތުން ލޮނުގަނޑުވަދެ އަޑިޔަށްދާތީ ލޯންޗު ސަލާމަތް ކުރުމަށް ފ.ނިލަންދޫގައި އޮތް އެމްއެންޑީއެފް ސީ އެމްބިއުލާންސް އިން ޕަމްޕު ހިފައިގެން ދަތުރުކޮށް ލޯންޗާއި ހަމަޔަށް ގޮސް މަސައްކަތް ކުރަނިކޮށް ރޭ ދަންވަރު 1:14 ހާއިރު އެ ލޯންޗު ވަނީ އަޑިއަށް ގޮސްފައި. އެހެންކަމުން އެ ތިންމީހުން އެއީ 2 ފިރިހެހުންނާއި އަންހެނެއް ވަނީ ޕޮލިސް ލޯންޗުގައި ފ،ނިލަންދޫއަށް ގެންގޮސް ދީފައި" ފުލުހުން ވިދާޅުވި އެވެ.
އެ ލޯންޗު ހާލުގައި ޖެހިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 10 ޖެހިިއިރު ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ